Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:42 - ކިތާބުލް މުޤައްދަސާ

42 އެމީހުން މިޞްރުން ނެރުއްވާނެކަމަށް މާތްރަސްކަލާނގެ ކުރައްވާފައިވާ ވަޢުދު މިރޭ ފުރިހަމަ ކުރެއްވިއެވެ. އެހެންވެ އެރެއަކީ އެކަލާނގެ ޚާއްސަ ގޮތަކަށް ބައްލަވާވޮޑިގަތް ރެއެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ އެރޭ އިސްރާއީލީން އެކަލާނގެ އެ ކޮށްދެއްވި ކަންތައް ޚާއްސަ ގޮތަކަށް ބަލައި ފާހަގަ ކުރަން ޖެހެއެވެ. އެމީހުންގެ ދަރިކޮޅުގެ މިރިމިރީންނަށް ދިޔަޔަސް މާތްރަސްކަލާނގެ ޝަރަފުގައި މިކަންތައް އެމީހުން ކުރަން ޖެހެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:42
6 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


އެހެންކަމުން މިކަމަށް ޚާއްސަވެފައިވާ ދުވަހު ކޮންމެ އަހަރަކު ވެސް މި ކަންތައް ކުރަމުން ގެންދަން ވާނެ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


ކަލޭމެން ކަމީރުނުލާ ބޯރޮށީގެ ޢީދު ފާހަގަކުރަން ވާނެ. އަހަރަކު އެއްފަހަރު އަބީބު މަހު އަންނަ ބަހާރު މޫސުމުގައި ހަތްދުވަސް ވަންދެން ޢީދެއް ފާހަގަކުރަން އަހަރެން ވާނީ ކަލޭމެންނަށް އަންގާފައި. އެއީ ކަލޭމެން މިސްރުން ނެރެވުނު ދުވަސް ފާހަގަ ކުރުމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ