Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:37 - ކިތާބުލް މުޤައްދަސާ

37 އެރޭ އިސްރާއީލީން ރަޢަމްސީސް އިން ނުކުމެ ސުއްކޫތު އާ ދިމާއަށް ދަތުރު ކުރަން ފަށައިފިއެވެ. އެއީ އަންހެނުންނާއި ކުޑަކުދިން ނުހިމަނައި ގާތްގަނޑަކަށް ހަސަތޭކަ ހާސް މީހުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:37
15 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”⁠އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.⁠“


އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.


ރަސްގެފާނު އިރުޝާދު ދެއްވި ފަދައިން ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނާއި އެންމެހާ އަޚުންނަށް މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ރަޢަމްސީސްގެ ސަރަހައްދާއި ކައިރިން ބިން ދެއްވިއެވެ.


އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.


މޫސާގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެންމެން. ޒުވާނުންނާއި މުސްކުޅިންނާއި އަޅުގަނޑުމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނާއި ގެންގުޅޭ ޖަނަވާރުތައް. އަޅުގަނޑުމެންގެ އެންމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމުގެ ޢީދުގައި ބައިވެރިވާނެ.⁠“


އިސްރާއީލީން ސުއްކޫތުން ނުކުމެ ސަހަރާގެ ކައިރިފަށުގައި ވާ އީޘާމުގައި ފޭލިގެ ޖަހައިފިއެވެ.


މި ރިއްސަކީ ބޯހިމެނުނު މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ގެނެވުނު ރިއްސެވެ. އެއީ ނަން ލިޔެވުނު ކޮންމެ މީހެއްގެ އަތުން އައުންސެއްގެ ފަސްބައިކޮށް އެއްބައި މަގުންނެވެ. އެމީހުންގެ ތެރޭގައި އުމުރުން ވިހި އަހަރުވެފައިވާ ފިރިހެނުންގެ ހަ ލައްކަ ތިންހާސް ފަސްސަތޭކަ ފަންސާހަކަށް މީހުން ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ