ނެރުއްވުން 12:36 - ކިތާބުލް މުޤައްދަސާ36 މިޞްރު މީހުންގެ ހިތްތަކުގައި އިސްރާއީލީންނާއި މެދު ޤަދަރު އުފުލޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކުރެއްވިއެވެ. އެހެންވެ އިސްރާއީލީން އެދުނުހާ އެއްޗެއް އެމީހުން ދެމުން ގެންދިޔައެވެ. އެގޮތުން އެމީހުން މިޞްރުގެ ތަނަވަސްކަން ނިގުޅައިގަތެވެ! အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަރުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.