33 މިޞްރުގެ އެންމެން ވެސް އިސްރާއީލުގެ މީހުން އެރަށުން އަވަހަށް ފައިބައިގެން ދިއުމަށް އެދެމުން ދިޔައެވެ. ”އެހެން ނޫނީ އަހަރެމެން އެންމެން މަރުވެ ހުސްވެދާނެ!“ އެމީހުން ބުނަމުން ދިޔައެވެ.
ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.“
ފިރުޢައުނުގެ ވަޒީރުން ވަޑައިގެން ދެންނެވިއެވެ. ”މިމީހާ އަޅުގަނޑުމެންނަށް މި އާފާތް މެދުވެރި ކުރާނީ ކިހާ ދުވަހެއް ވަންދެންތޯ؟ އެމީހުންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުއްވާދެއްވަންވީ ނޫންތޯ؟ މިޞްރު ފަނާވަމުން ދާތަނެއް މަނިކުފާނަކަށް ފެނި ވަޑައިއެއް ނުގަންނަވާތޯ؟“
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަދި އެއް މުސީބާތް މިޞްރުގެ ރަސްގެފާނާއި އޭނާގެ މީހުންގެ މައްޗަށް ފޮނުވާނަން. އޭރުން ކަލޭމެންގެ މީހުން ދިއުމަށް ފިރުޢައުނު ހުއްދަ ދޭނެ. އޭނާ ކަލޭމެން އެންމެން ފޮނުވާލާނީ ގަދަކަމުން.
އެމީހުން މިޞްރުން ގެނައި ކަމީރުނުލާ ފުށްގަނޑުން އެމީހުން ރޮށި ފިހެފިއެވެ. އެމީހުން މިޞްރުން ނުކުތީ ވަރަށް އަވަސް އަރުވާލައިގެންކަމުން އެމީހުންނަކަށް ރޮށި ފިހާކަށް ނުވަތަ ކައްކާކަށް ވަގުތެއް ނުލިބުނެވެ.
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ފިރުޢައުނާ މެދު ކަންތައް ކުރާ ގޮތް ކަލޭ ބަލަން ހުރޭ. އަހަރެންގެ މީހުން ދިޔަ ދިނުމަށް އަހަރެންގެ ގަދަބާރުން އޭނާއަށް މަޖުބޫރު ކުރާނަން. އަސްލު، އަހަރެން އޭނާއަށް މަޖުބޫރު ކުރާނީ އެމީހުން އެ ބިމުން ބޭރުކޮށްލަން.“