Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:3 - ކިތާބުލް މުޤައްދަސާ

3 އިސްރާއީލީންގެ އެންމެންނަށް އަންގާ ’⁠މިމަހު ދިހަވަނަ ދުވަހު ކޮންމެ އާއިލާއެއް ހިމެނޭ ގެއަކުން ޅަކަންބަޅިއެއް ނޫނީ ބަކަރިއެއް ޤުރުބާން ކުރަން ތައްޔާރު ކުރަން ވާނެޔޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:3
26 ပူးပေါင်းရင်းမြစ်များ  

ހާބީލް ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި އޭނާގެ ކަންބަޅިބަކަރިތަކަށް ލިބުނު ފުރަތަމަ ދަރިންތައް ކަތިލައި އޭގެ އެންމެ މަސްހުރި ރަނގަޅު ބައިތައް ގެނައެވެ. މާތްރަސްކަލާނގެ ހާބީލް އާއި، އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އޭނާ ގެނައި ތަކެއްޗާ މެދު، ރުހިވޮޑިގެންވިއެވެ.


”⁠މިހާރުން ފެށިގެން ކަލޭމެން އަހަރުގެ ފުރަތަމަ މަސް ކަމަށް ހަދަން ޖެހޭނީ މި މަސް.


ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ ބޮޑުން އެއް ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠ގޮސް ޅަކަންބަޅިއެއް ނުވަތަ ޅަ ބަކަރިއެއް ހޯދާ. އެއީ ފަހަނަޅައި ދިއުމުގެ ޢީދަށް ކަތިލާން.


އެ އާއިލާ ކުޑަކަމުން އެ ޖަނަވާރު އެއްކޮށް ނުކެވޭނެނަމަ ޖެހިގެން ހުރި ގޭގެ މީހުންނަށް އެއްބައި ދޭށޭ. ބަހަން ވާނީ އާއިލާގެ ބޮޑު ކުޑަ މިނަކުން އެމީހުން ކާނެ ވަރެއް ބަލާފައޭ.


މިކަމަށް ޚާއްސަ ކުރެވޭ ޖަނަވާރު މަހުގެ ސާދަ ވަނަ ދުވަހާ ހަމަޔަށް ރަނގަޅަށް ގެންގުޅެ ބަލަހައްޓަން ވާނެޔޭ. ދެން އެދުވަހު އިރުއޮއްސޭ ވަގުތުގައި އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން އެ ކަންބަޅި ނުވަތަ ބަކަރި ކަތިލާށޭ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭ ތިޔަ ރޮއި އާދޭސް ކުރަނީ ކީއްވެ؟ އެމީހުން ގާތު ބުނޭ ’⁠ކުރިއަށް ހިނގައިގަންނާށޭ!⁠‘


އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޅުގަނޑުމެން އަޑު އަހާފާނަން. އެކަމަކު އަޅުގަނޑުމެންނަށް މާތްކަލާނގެ ސީދާ ބަސްފުޅު ވަޙީ ކުރެއްވިޔަ ނުދެއްވާ. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނަ ހިނގައިދާނެ!⁠“


އަދި ހާރޫނުގެފާނު މޫސާގެފާނަށް މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް އެމީހުންނަށް ވިދާޅުވެ ދެއްވައި އަދި ދެއްވި ހުރިހާ މުޢުޖިޒާތެއް ވެސް އެމީހުންގެ ކުރިމަތީގައި ދައްކަވައި ހައްދަވައިފިއެވެ.


އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އެދުވަހު އީސާގެފާނު އެތާނ ކައިރިން ވަޑައިގަންނަވާތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ބައްލަވަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވައި ފޮނުއްވި ކަންބަޅި.⁠“


ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.


އަނެއްދުވަހު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ޚަބަރު އެރަށުގައި ފެތުރުނެވެ. ދެން ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަ ކުރުމަށް އެރަށަށް އެއްވެފައިތިބި މީސްތަކުންގެ ތެރެއިން އެތައް ބައިވަރު ބަޔަކު އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ކަދުރު ރުކުގެ ރޯފަން ހިފައިގެން އެކަލޭގެފާނު ވަޑައިގެންނެވި މަގަށް ދިޔައެވެ. އަދި މިފަދައިން ކިޔާ ގޮވަމުން ދިޔައެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާ ސަނާހުރި. އެކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ފަރާތަށް އެކަލާނގެ ބަރަކާތް ލިބިގެންވޭ. ބަނީއިސްރާއީލުގެ ރަސްގެފާނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި.⁠“


ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.


ދެން ޞަމޫއީލް ޅަ ކަންބަޅިއެއް ގެނެސް އަންދައި ޤުރުބާނީ ހުށަހަޅައި އިސްރާއީލުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެ ދުޢާ އިޖާބަ ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ