ނެރުއްވުން 12:29 - ކިތާބުލް މުޤައްދަސާ29 އެރޭ ދަންވަރު މާތްރަސްކަލާނގެ މިޞްރުގެ ހުރިހާ ދޮށީ ފިރިހެން ދަރިންގެ މައްޗަށް މަރު ކުރިމަތި ކުރެއްވިއެވެ. ފިރުޢައުނުގެ ދޮށީ ދަރިން ފެށިގެން ހުރަގޭގައި އޮތް ގައިދީގެ ދަރިއަށް ދާންދެންނެވެ. އެމީހުންގެ ޖަނަވާރުތަކުގެ ދޮށީ އެއްޗަށް ދާނދެން އެރޭ މަރުވިއެވެ. အခန်းကိုကြည့်ပါ။ |
ފިރުޢައުނު ގޮތްދޫނުކޮށް ތިމަންމެން މިޞްރުން ބޭރުވުމަށް ދެކޮޅު ހެއްދެވިއޭ. އެހެންކަމުން އެމީހުންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި އެކަލާނގެ މަރުގެންނެވިއޭ. ތިމަންމެން އެކަމުގެ ހަނދާނެއްގެ ގޮތުން ތިމަންމެންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި މާތްރަސްކަލާނގެއަށް މިހެން ޤުރުބާން ކުރަނީއޭ. އެކަމަކު ތިމަންމެންގެ ދޮށީ ފިރިހެން ދަރިން ޤުރުބާނީ ނުކޮށް އޭގެ ބަދަލުގައި ޖަނަވާރަކުން އަގުދައްކަނީއޭ.‘
ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.