ނެރުއްވުން 12:28 - ކިތާބުލް މުޤައްދަސާ28 ދެން އެމީހުން ގޮސް މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީ ކުރެއްވި ފަދައިން ކަންތައް ކޮށްފިއެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެން އޭރުން ބުނާނެ، ’މިއީ މާތްރަސްކަލާނގެ ފަހަނަޅައި ވަޑައިގަތްކަމުގެ ހަނދާނީ ޤުރުބާނީ އޭ. އެކަލާނގެ މިޞްރުގައި ތިބި އިސްރާއީލުގެ މީހުންގެ ގޭގެ ފަހަނަޅައި ވަޑައިގެންނެވިއޭ. އަދި މިޞްރު މީހުންނަށް މަރުގެ ޢުޤޫބާތް ފޮނުއްވި އިރު ތިމަންމެން ސަލާމަތް ކުރެއްވިއޭ.‘“ މޫސާގެފާނު މިވާހަކަފުޅު ދައްކަވާ ނިމި ވަޑައިގަތުމުން އިސްރާއީލީންގެ އެންމެން ބިންމައްޗަށް ތިރިވެ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ސަޖިދަ ކުރިއެވެ.
އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.