މާތްރަސްކަލާނގެ މަލާއިކަތާ ޖެރޫސަލަމް ހަލާކު ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންފިއެވެ. އެކަމަކު މީސްތަކުންނަށް ލިބެމުން ދާ ގެއްލުން ދެކެވޮޑިގެން މާތްރަސްކަލާނގެ އިރާދަފުޅު ބަދަލު ކުރައްވައިފިއެވެ. ދެން އެކަލާނގެ މަލާއިކަތާއަށް އެންގެވިއެވެ. ”ދެން ހެޔޮ! ކަލޭގެ އަތް ތިރި ކުރޭ.“ އޭރު މަލާއިކަތާ ހުންނެވީ ޔަބޫސީންގެ އަރޫނާގެ ގޮވާން ތޮށިނޮޅާ ދަނޑުބިން މަތީގައެވެ.