ނެރުއްވުން 12:22 - ކިތާބުލް މުޤައްދަސާ22 އޭގެ ލޭ ދޮލަނގަކަށް ހުސްކުރޭ. ދެން ޒޫފާ ގަހުގެ ގޮފިކޮޅަކުން ބުރުހެއް ހަދައި ދޮރުކަނީގެ ދެ އަރިމަތީގަޔާއި މަތީ ކަނީގައި އެ ލޭ ހާކާ. އިރު އެރުމުގެ ކުރީގައި އެކަކު ވެސް އެ ދޮރުން ނުކެމެގެން ގޮސްގެން ނުވާނެ. အခန်းကိုကြည့်ပါ။ |
އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.
މޫސާގެފާނު އަންގަވާފައި ވަނީ އެ ހުރިހާ ޤާނޫނުތަކަށް ވެސް މީސްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ދެން އެކަލޭގެފާނު ޒޫފާ ގޮފިކޮޅަކާއި ގަދަ ރަތް ރޮދިން ބުރުހެއް ހައްދަވައި ފިރިހެން ގެރިއާއި، ބަކަރީގެ ލެޔާއި ފެން އެއްކުރައްވައި ޢަހުދުނާމާ ފަތްކޮޅަށާއި މީސްތަކުންގެ މައްޗަށް އެ ދިޔަވަރު ބުރުވައި އޮއްސެވިއެވެ.
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!