Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:19 - ކިތާބުލް މުޤައްދަސާ

19 މި ހަތް ދުވަހުގެ ތެރޭގައި ކަލޭމެންގެ ގޭގައި ކަމީރުގެ އެތިކޮޅެއް ވެސް ހުރެގެން ނުވާނެއޭ. މި ދުވަސްތަކުގައި ކަމީރުލީ އެއްޗެއް ކައިފި މީހަކު އިސްރާއީލީންގެ ޖަމާޢަތުން ބޭރު ކުރެވޭނެއޭ. އިސްރާއީލުގައި ދިރިއުޅޭ ބީރައްޓެހިން ވެސް އިސްރާއީލީންގެ ވަޒަންވެރިން ފަދައިން މި ގަވާއިދަށް ތަބާވާން ވާނެއޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:19
13 ပူးပေါင်းရင်းမြစ်များ  

ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.


މި ދުވަސްތަކުގެ ތެރޭގައި ކަލޭމެން އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިގެން ނުވާނެ. ކަލޭމެން ކޮންމެ ތަނެއްގައި ތިއްބަސް ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ.⁠‘⁠“


މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދު ފާހަކަކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ މިއީ: ފަހަނަޅައި ދިއުމުގެ ކެއުމުގައި ބޭރު ބަޔަކު ބައިވެރި ކޮށްގެން ނުވާނެ.


އެކަމަކު ކަލޭމެންގެ ތެރޭގައި އުޅޭ ބީރައްޓެއްސަކު މި ޢީދުގައި ބައިވެރިވާން ބޭނުންނަމަ އެމީހެއްގެ ގޭބިސީގައި އުޅޭ ހުރިހާ ފިރިހެނުން ޚިތާނު ކުރަން ވާނެ. އޭރުން އިސްރާއީލުގެ އުފަން މީހެއް ފަދައިން އޭނާއަށް ވެސް އެ ޢީދުގައި ބައިވެރި ވެވޭނެ. ޚިތާނު ނުކުރެވޭ އެއްވެސް ފިރިހެނަކު، ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުމުގައި ބައިވެރިވެގެން ނުވާނެ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


މި ހަތްދުވަހު ކާ ރޮއްޓަކަށް ކަމީރު ލައިގެން ނުވާނެ. ކަލޭމެން އުޅޭ ސަރަހައްދަކު ވެސް މިދުވަސްތަކުގައި ކަމީރު ހުރެގެން ނުވާނެ.


ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


މި ތެޔޮ މި ގޮތަށް އިމާމަކާ ނުލައި އަމިއްލަ އަމިއްލައަށް ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރުކޮށްލެވޭނެޔޭ.⁠‘⁠“


ކަލޭމެން ކަމީރުނުލާ ބޯރޮށީގެ ޢީދު ފާހަގަކުރަން ވާނެ. އަހަރަކު އެއްފަހަރު އަބީބު މަހު އަންނަ ބަހާރު މޫސުމުގައި ހަތްދުވަސް ވަންދެން ޢީދެއް ފާހަގަކުރަން އަހަރެން ވާނީ ކަލޭމެންނަށް އަންގާފައި. އެއީ ކަލޭމެން މިސްރުން ނެރެވުނު ދުވަސް ފާހަގަ ކުރުމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ