Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:17 - ކިތާބުލް މުޤައްދަސާ

17 ކަމީރުނުލާ ބޯރޮށީގެ މިޢީދު ފާހަގަ ކުރަނީ ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުމުގެ މުނާސަބާ ފާހަގަ ކުރާ ދުވަސްކަމަށް ވާތީއޭ. މިއީ ދާއިމީ ގޮތުގައި ކަލޭމެން ކުރަން ޖެހޭނެ ކަމެކޭ. މި ޢީދު ކަލޭމެންގެ ދަރިކޮޅުގެ މިރިމިރީނާ ހަމަޔަށް ދަމަހައްޓަން ވާނެއޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:17
12 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


ހަނދާން ކުރާތި، މި ގަވާއިދާއި އެއްގޮތަށް ކަލޭމެންގެ ހުރިހާ ދަރިފަސްކޮޅަކާ ހަމަޔަށް ވެސް ދާއިމަށް ކަންތައް ކުރަމުން ގެންދަން ޖެހޭނެ.


އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ.


މިކަމަށް ޚާއްސަ ކުރެވޭ ޖަނަވާރު މަހުގެ ސާދަ ވަނަ ދުވަހާ ހަމަޔަށް ރަނގަޅަށް ގެންގުޅެ ބަލަހައްޓަން ވާނެޔޭ. ދެން އެދުވަހު އިރުއޮއްސޭ ވަގުތުގައި އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން އެ ކަންބަޅި ނުވަތަ ބަކަރި ކަތިލާށޭ.


އެހެންކަމުން މިކަމަށް ޚާއްސަވެފައިވާ ދުވަހު ކޮންމެ އަހަރަކު ވެސް މި ކަންތައް ކުރަމުން ގެންދަން ވާނެ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


މި ޢީދުގެ ހަތްވަނަ ދުވަހު ކަލޭމެންގެ ދަރިން ގާތު، މިއީ ކީއްކުރަން ބާއްވާ ޢީދެއްކަން ކަލޭމެން ކިޔާދޭން ވާނެ. ކަލޭމެން ބުނާތި، ’⁠ތިމަންމެން މިޢީދު މި ފާހަގަ ކުރަނީ މާތްރަސްކަލާނގެ ތިމަންމެން މިޞްރުން ނެރުއްވައި މިންޖު ކޮށް ދެއްވި ކަމުގެ ހަނދާން އާ ކުރުމަށޭ.⁠‘


ކަލޭމެން ކަމީރުނުލާ ބޯރޮށީގެ ޢީދު ފާހަގަކުރަން ވާނެ. އަހަރަކު އެއްފަހަރު އަބީބު މަހު އަންނަ ބަހާރު މޫސުމުގައި ހަތްދުވަސް ވަންދެން ޢީދެއް ފާހަގަކުރަން އަހަރެން ވާނީ ކަލޭމެންނަށް އަންގާފައި. އެއީ ކަލޭމެން މިސްރުން ނެރެވުނު ދުވަސް ފާހަގަ ކުރުމަށް.


”⁠އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ⁠“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.


މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ