ނެރުއްވުން 12:16 - ކިތާބުލް މުޤައްދަސާ16 ޢީދުގެ ފުރަތަމަ ދުވަހާއި ފަހުދުވަސް ކަމަށްވާ ހަތްވަނަ ދުވަހު ހުރިހާ އެންމެން އަޅުކަމުގެ ޚާއްސަ ބައްދަލުވުމެއް ބާއްވަން ވާނެއޭ. މި ދުވަސްތަކުގައި ކާނާ ތައްޔާރު ކުރުން ފިޔަވައި އެހެން މަސައްކަތެއް ކޮށްގެން ނުވާނެއޭ. အခန်းကိုကြည့်ပါ။ |
އެކަމަކު ހަތްވަނަ ދުވަހަކީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ޚާއްސަކުރެވޭ ޗުއްޓީ ދުވަހެއް. އެދުވަހު ކަލޭމެންގެ ގޭގެ އެކަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކޮށްގެން ނުވާނެ. އެއީ ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެންދަރިންނާއި އަންހެން އަދި ފިރިހެން ޚާދިމުންނާއި ޖަނަވާރުތަކާއި ކަލޭމެންގެ ތެރޭގައި ތިބި ބީރައްޓެހިން ވެސް ހިމެނޭ ގޮތުގައި.
އެދުވަހުގެ އިރުއޮއްސުމާއެކު ޚާއްސަ ސަބަތުގެ ދުވަސް ފެށޭނެތީ ސަލީބަށް އެރުވިފައި ތިބި މީހުން އިރު އޮއްސެންދެން ސަލީބުގައި ބައިތިއްބާކަށް ބަނީއިސްރާއީލުގެ ވެރިން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ ސަލީބަށް އެރުވިފައިތިބި މީހުން މަރުވުން އަވަސް ކުރުމަށް އެމީހުންގެ ފައިތައް ބިންދާލުމަށެވެ.