Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:15 - ކިތާބުލް މުޤައްދަސާ

15 ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:15
28 ပူးပေါင်းရင်းမြစ်များ  

ޚިތާނުގަ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.⁠“


އެރޭ އެމަސްތައް އަލިފާންމަތީ ފިހެގެން ހިތި ފަތްޕިލާވެލީގެ ސަޓަންޏާއި ކަމީރު ނުލާ ބޯރޮއްޓާ ޖަހައިގެން ކާށޭ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


މި ތެޔޮ މި ގޮތަށް އިމާމަކާ ނުލައި އަމިއްލަ އަމިއްލައަށް ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރުކޮށްލެވޭނެޔޭ.⁠‘⁠“


އެކަކު ވެސް އެމީހެއްގެ އަމިއްލަ ބޭނުމަކަށް މި ގޮތަށް ދުން އުފައްދައި ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލަން ޖެހޭނެ.⁠“


ކަލޭމެން ސަބަތުގެ ދުވަސް ފާހަގަ ކުރަން ވާނެ. އެއީ ކަލޭމެންނަށް މާތް ދުވަހެއް. އެދުވަހާ އެކަކު ވެސް ޚިލާފު ވެއްޖެނަމަ އެމީހަކަށް މަރު ޙައްޤު ވެއްޖެ. އެދުވަހު އެކަކު ވެސް މަސައްކަތެއް ކޮށްފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލެވެން ވާނެ.


ކަލޭމެން ކަމީރުނުލާ ބޯރޮށީގެ ޢީދު ފާހަގަކުރަން ވާނެ. އަހަރަކު އެއްފަހަރު އަބީބު މަހު އަންނަ ބަހާރު މޫސުމުގައި ހަތްދުވަސް ވަންދެން ޢީދެއް ފާހަގަކުރަން އަހަރެން ވާނީ ކަލޭމެންނަށް އަންގާފައި. އެއީ ކަލޭމެން މިސްރުން ނެރެވުނު ދުވަސް ފާހަގަ ކުރުމަށް.


އަހަރެންނަށް ހުށަހަޅާ ޤުރުބާނީގެ ލެޔާއެކު ކަމީރު ކުރި ބޯރޮށި ހުށަހަޅައިގެން ނުވާނެ. ފަހަނަޅައި ދިއުމުގެ ޢީދުގައި ކުރެވޭ ޤުރުބާނީގެ މަސް އަނެއްދުވަހުގެ ހެނދުނާ ހަމަޔަށް ބަހައްޓައިގެން ނުވާނެ.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


ޢީދުގެ ކަންތައްތަކުން ނިމިގެން އެދެކަނބަލުން އެނބުރި ރަށަށް ވަޑައިގަތުމަށްޓަކާ ދަތުރުފެއްޓެވިއެވެ. ނަމަވެސް އީސާގެފާނު އެނބުރި ނައިސް ޖެރޫސަލަމުގައި ހުންނެވި ކަމެއް އެދެކަނބަލުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.


ޔާމިޒު ގަތުލު ކުރުމުން އެކަންތަކާ ބަނީއިސްރާއީލުގެ ބޮޑުން އުފާވެ ހިތްހަމަ ޖެހުނުކަން ހެރޮދުއަށް އެނގުމުން އޭނާ ޕަތަރަސް ވެސް ހައްޔަރު ކުރުމަށް އަމުރުކުރިއެވެ. އޭނާ ޕަތަރަސް ހައްޔަރު ކުރީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރުއެވެ.


ކަލޭމެން ޚިތާނު ކުރަން އެއުޅޭ މީހުން، އެމީހުންގެ އެގުނަވަން، އެއްކޮށް ބުރިކޮށްލިޔަސް އަހަންނަށް ހެވެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ