Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:13 - ކިތާބުލް މުޤައްދަސާ

13 ކަލޭމެންގެ ގޭގެ ދޮރުމަތީ ހާކާފައި ހުރި ލެޔަކީ ކަލޭމެންގެ ގޭގެކަން ދައްކައިދޭނެ ނިޝާނެކޭ. ތިމަންކަލާނގެއަށް އެ ލޭ ފެނުމުން އެގެ ފަހަނަޅައި ދާނަމޭ. މިޞްރު މީހުންގެ މައްޗަށް މި މަރުގެ މުސީބާތް އަންނައިރު ކަލޭމެންނަކަށް މި ކަން ކުރިމައްޗެއް ނުވާނެޔޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:13
10 ပူးပေါင်းရင်းမြစ်များ  

މިއަދުން ފެށިގެން އުމުރުން އަށްދުވަސް ހަމަވެފައިވާ ކޮންމެ ފިރިހެން ކުއްޖަކު ޚިތާނުގަ ލައްވަން ޖެހޭނެ. ހަމައެހެންމެ އަޅުންގެ ގޮތުގައިގެންގުޅޭ ދޭސީ ފިރިހެން ކުދިންނާއި އަޅުންގެ ގޮތުގައި ބިދޭސީ ޤައުމުތަކުން ގަނެގެން ގެންގުޅޭ ފިރިހެން ކުދިން ވެސް ޚިތާނުގަ ލައްވަން ޖެހޭނެ. މިކަމުން ރަމްޒުކޮށް ދެނީ ތިބާއާއި ތިމަންކަލާނގެ އާއި ދެމެދު ވެވުނު ޢަހުދުނާމާއަށް ފުރިހަމައަށް އެއްބަސްވާކަން.


މިއީ އެ ކެއުން ކާންވީ ގޮތޭ: އެންމެން ތިބެން ވާނީ އަރުވާޖަހައިގެންނޭ. ފައިވާނަށް އަރައި، ގެންގުޅޭ އަސާ ވެސް ހިފައިގެންނޭ. ކާން ވާނީ އަވަސްއަރުވައިގެންނޭ. އެހެނީ މިއީ ތިމަންކަލާނގެ ރަށުތެރޭން ފަހަނަޅައި ދިޔަކަން ފާހަގަ ކުރާ ރެޔޭ.


މާތްރަސްކަލާނގެ މިޞްރު ތެރޭން ފަހަނަޅާ ވަޑައިގަންނަވާއިރު ދޮރުގައި ހުރި ލޭ ފެނިވޮޑިގަންނަވާނެ. އެކަލާނގެ ކަލޭމެންގެ ގެތައް ފަހަނަޅައި ދަތުރު ކުރައްވާނެ. އެކަލާނގެ އެ ގޭގެއަށް މަރުގެ މަލާއިކަތާ ވެދެ ވަޑައިގަތަކަ ނުދެއްވާނެ. އެކަމަކު މިޞްރު މީހުންނަށް އެކަލާނގެ މަރުގެ ސަޒާ ދެއްވާނެ.


އަދި އޭގެ ލޭކޮޅެއް ނަގައި ގޭގެ ދޮރުކަނީގެ އަރިމަތީގައި އާއި ދޮރުގެ މަތީކައިރި ފަށުގައި ހާކާށޭ.


އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.


އެކަލޭގެފާނުގެ އީމާންތެރިކަމުން، ފަހަނަޅައި ދިއުމުގެ ޢީދު ގާއިމުކުރައްވައި ގޭގޭގެ ދޮރުތަކަށް ލޭ ބުރުއްވިއެވެ. އެއީ އެހެން ހެދުމުން މަރުގެ މަލާއިކަތާ އިސްރާއީލީންގެ ދޮށީ ދަރިފުޅު ނުމަރުއްވާނެ ކަން ޔަޤީންވާތީއެވެ.


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ