Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:12 - ކިތާބުލް މުޤައްދަސާ

12 އެރޭ ތިމަންކަލާނގެ މިޞްރު ތެރޭން ދާނަމޭ. އަދި މިޞްރުގެ ކޮންމެ ގެއެއްގެ ދޮށީ ފިރިހެން ދަރިއާއި ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި މަރާނަމޭ. އެގޮތުން މިޞްރު މީހުންގެ އިލާހުންގެ މައްޗަށް ޢުޤޫބާތް ފޮނުއްވާނަމޭ. އެހެނީ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެއޭ!

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:12
26 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މިޞްރު ތެރޭން ފަހަނަޅާ ވަޑައިގަންނަވާއިރު ދޮރުގައި ހުރި ލޭ ފެނިވޮޑިގަންނަވާނެ. އެކަލާނގެ ކަލޭމެންގެ ގެތައް ފަހަނަޅައި ދަތުރު ކުރައްވާނެ. އެކަލާނގެ އެ ގޭގެއަށް މަރުގެ މަލާއިކަތާ ވެދެ ވަޑައިގަތަކަ ނުދެއްވާނެ. އެކަމަކު މިޞްރު މީހުންނަށް އެކަލާނގެ މަރުގެ ސަޒާ ދެއްވާނެ.


މިހާރު އަހަންނަށް އެނގިއްޖެ މާތްރަސްކަލާނގެއަކީ ހުރިހާ އިލާހުންނަށް ވުރެން މަތިވެރި ކަލާނގެއެއް ކަން. އެހެނީ މިޞްރުގެ އެ ގަދަފަދަ ބޮޑާ އަނިޔާވެރި މީހުންގެ އަތްދަށުން އެކަލާނގެ އެމީހުންތައް ސަލާމަތް ކޮށްދެއްވައިފި.⁠“


އެމީހާ ތިމަންކަލާނގެ ޙަޟްރަތަށް ކުއްތަން ކުރުވައި އަޅުކަމުގެ މަޤާމަށް ގެންގޮސް ސާހިބުމީހާ އޭނާގެ ކަންފަތުގައި ފުއްކަށްޓަކުން ލޯވަޅެއް އަޅަން ވާނެ. އޭރުން އޭނާއަކީ މުޅި އުމުރަށް އޭނާގެ މިލްކެއް ކަމުގައިވާނެ.


ކަލޭމެން އެކަކު ވެސް މާތްކަލާނގެ މައްޗަށް ޤަދަރު ކުޑަކޮށްގެން ނުވާނެ. އަދި ކަލޭމެންގެ މައްޗަށް ހުންނަ ވެރިމީހާއަށް ލަޢުނަތުގެ ބަސްތަކުން މުޚާތަބު ނުކުރާތި.


މާތްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަހަރެންގެ ނަމަކީ ޔަހޫވޭ. ވޮޑިގެންވާ ކަލާނގެ.


މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެކަންތައް ކުރެއްވިއެވެ. އަނެއް ދުވަހު މިޞްރު މީހުންގެ ގެރިބަކަރި ޖަނަވާރުތައް މަރުވެއްޖެއެވެ. އެކަމަކު އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވެއެވެ.


އަނެއްދުވަހު ހެނދުނު އަޝްދޫދު މީހުން އަޅުކަން ކުރަން ގޮސް ބަލާލިއިރު ދާޖޫން ބުދު އޮތީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ބިންމައްޗަށް އަނގަވަތަށް ވެއްޓިފައެވެ. ދެން އެމީހުން އެ ބުދު ނަގައި އަނެއްކާވެސް އެ ހުރި ތަނުގައި ބަހައްޓައިފިއެވެ.


ކަލޭމެންގެ ގައިގައި ނަގާފައި ހުރި މުލިހީގެ ސޫރައާއި އަދި ޤައުމު ހަލާކުކުރަމުން ދާ މީދާތަކުގެ ސޫރަ ހަދައިގެން ގެންގޮސް އިސްރާއީލުގެ ކަލާނގެއަށް މާތްކޮށް ހިތައިފި ނަމަ، ފަހަރުގައި ކަލޭމެންގެ ގައިންނާއި ކަލޭމެންގެ ކަލާނގެތަކުންނާއި ކަލޭމެންގެ ބިމުން އަތްޕުޅު އުފުއްލަވައިފާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ