Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 12:11 - ކިތާބުލް މުޤައްދަސާ

11 މިއީ އެ ކެއުން ކާންވީ ގޮތޭ: އެންމެން ތިބެން ވާނީ އަރުވާޖަހައިގެންނޭ. ފައިވާނަށް އަރައި، ގެންގުޅޭ އަސާ ވެސް ހިފައިގެންނޭ. ކާން ވާނީ އަވަސްއަރުވައިގެންނޭ. އެހެނީ މިއީ ތިމަންކަލާނގެ ރަށުތެރޭން ފަހަނަޅައި ދިޔަކަން ފާހަގަ ކުރާ ރެޔޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 12:11
21 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ގޭގެ ދޮރުމަތީ ހާކާފައި ހުރި ލެޔަކީ ކަލޭމެންގެ ގޭގެކަން ދައްކައިދޭނެ ނިޝާނެކޭ. ތިމަންކަލާނގެއަށް އެ ލޭ ފެނުމުން އެގެ ފަހަނަޅައި ދާނަމޭ. މިޞްރު މީހުންގެ މައްޗަށް މި މަރުގެ މުސީބާތް އަންނައިރު ކަލޭމެންނަކަށް މި ކަން ކުރިމައްޗެއް ނުވާނެޔޭ.


ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ ބޮޑުން އެއް ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠ގޮސް ޅަކަންބަޅިއެއް ނުވަތަ ޅަ ބަކަރިއެއް ހޯދާ. އެއީ ފަހަނަޅައި ދިއުމުގެ ޢީދަށް ކަތިލާން.


ކަލޭމެން އޭރުން ބުނާނެ، ’⁠މިއީ މާތްރަސްކަލާނގެ ފަހަނަޅައި ވަޑައިގަތްކަމުގެ ހަނދާނީ ޤުރުބާނީ އޭ. އެކަލާނގެ މިޞްރުގައި ތިބި އިސްރާއީލުގެ މީހުންގެ ގޭގެ ފަހަނަޅައި ވަޑައިގެންނެވިއޭ. އަދި މިޞްރު މީހުންނަށް މަރުގެ ޢުޤޫބާތް ފޮނުއްވި އިރު ތިމަންމެން ސަލާމަތް ކުރެއްވިއޭ.⁠‘⁠“ މޫސާގެފާނު މިވާހަކަފުޅު ދައްކަވާ ނިމި ވަޑައިގަތުމުން އިސްރާއީލީންގެ އެންމެން ބިންމައްޗަށް ތިރިވެ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ސަޖިދަ ކުރިއެވެ.


މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދު ފާހަކަކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ މިއީ: ފަހަނަޅައި ދިއުމުގެ ކެއުމުގައި ބޭރު ބަޔަކު ބައިވެރި ކޮށްގެން ނުވާނެ.


”⁠ހެދުން އަޅާ މަސައްކަތަށް ތައްޔާރުވެގެން ތިބޭ. ކަލޭމެންގެ ބައްތިތައް ދިއްލާފައި ބަހައްޓާ.


ނަމަވެސް އޭނާގެ ބައްޕަ ނޯކަރުންނަށް ގޮވާ ގެނެސް ބުނި. ’⁠އަވަހަށް ގޮސް މޮޅު އަގުބޮޑު ހެދުމެއް ގެނެސް މީނާއަށް ދޭށޭ. މީނާގެ އިނގިލީގައި އަޅާނެ އަންގޮޓިއަކާއި އަރާނެ ފައިވާނެއް ވެސް ގެނެސްދޭށޭ.


ކޮންމެ އަހަރަކު އީސާގެފާނުގެ މައިބަފައިކަލުން ފަހަނަޅައި ދިއުމުގެ ޢީދުގައި ބައިވެރި ވުމަށްޓަކައި ޖެރޫސަލަމަށް ވަޑައިގެން އުޅުނެވެ.


މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ.


ދެން ތިޔަބައިމީހުން ހެޔޮޚަބަރުފުޅުން ގެނެސްދޭ ސުލްޙަ މަސަލަސްކަމުގެ ފައިވާނަށް އަރާށެވެ. އޭރުން ތިޔަބައިމީހުން ތިބޭނީ އެޚަބަރުފުޅު ގެނެސްދިނުމަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ.


އެހެންވީމާ، ސާފުސީދާ ގޮތުގައި ވިސްނާ، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުމަށް އާދަ ކުރާށެވެ. އީސާ އަލްމަސީޙުގެ އެނބުރިވަޑައިގަތުމުން ލިބިދޭނެ މަތިވެރި ނިޢުމަތްފުޅަށް އުންމީދު ކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ