10 އަނެއް ދުވަހު އިރު އަރާއިރު އޭގެ އެންމެ އެތިކޮޅެއް ވެސް ބަހައްޓައިގެން ނުވާނެޔޭ. ނުކެވުނު އެއްޗެއް ވިއްޔާ އަންދާލާށޭ.
ދެން މޫސާގެފާނު ވިދާޅުވިއެވެ. ”ހެނދުނު ވަންދެން އެއްވެސް އެއްޗެއް ބާކީކޮށްފަ ނުބަހައްޓާތި.“
ކަލޭމެން، ލޭ އޮހަރައި ކުރާ ޤުރުބާނީއާއެކު ކަމީރުކުރި ފުށުން ފިހެފައިވާ ރޮއްޓެއް ފަދަ އެއްޗެއް ޤުރުބާނީއަކަށް ހުށަނާޅާތި. އަދި ޤުރުބާނީގެ ސަރުބީތައް އަނެއްދުވަހު ހެނދުނާ ހަމަޔަށް ނުބަހައްޓާތި.
އެމީހުން ކައި ނިމިގެން އެއްޗެއް ހެނދުނު ވަންދެން ބާކީވެފައި ހުރެއްޖެ ނަމަ އެއެއްޗެއް އަންދާލެވެން ވާނެ.
އަހަރެންނަށް ހުށަހަޅާ ޤުރުބާނީގެ ލެޔާއެކު ކަމީރު ކުރި ބޯރޮށި ހުށަހަޅައިގެން ނުވާނެ. ފަހަނަޅައި ދިއުމުގެ ޢީދުގައި ކުރެވޭ ޤުރުބާނީގެ މަސް އަނެއްދުވަހުގެ ހެނދުނާ ހަމަޔަށް ބަހައްޓައިގެން ނުވާނެ.