1 އިސްރާއީލީން މިޞްރުގައި ތިއްބައި މޫސާގެފާނަށާއި ހާރޫނުގެފާނަށް މާތްރަސްކަލާނގެ މިފަދައިން އެންގެވިއެވެ:
އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.“
މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.
އިސްރާއީލީންގެ ފިރިހެނުންނާއި އަންހެނުންގެ ގާތު ބުނޭ އެމީހުންގެ އަވަށްޓެރި މިޞްރު މީހުން އަތުން ރަނާއި ރިހީގެ ތަކެއްޗަށް އެދޭށޭ.“
ކަލޭމެން ފުރަތަމަ މަހުގެ ސާދަވަނަ ދުވަހު ހަވީރު ކަމީރު ނުލާ ބޯރޮށި ކާން ފަށާގޮތަށް އެމަހު އެކާވީސް ވަނަ ދުވަހު ހަވީރާ ހަމަޔަށް އެ ނޫންގޮތަކަށް ފިހެފައި ހުރި ރޮއްޓެއް ކައިގެން ނުވާނެއޭ.
”މިހާރުން ފެށިގެން ކަލޭމެން އަހަރުގެ ފުރަތަމަ މަސް ކަމަށް ހަދަން ޖެހޭނީ މި މަސް.
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
”އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ.
ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ.
ކަމީރު ނުލާ ރޮށި ފިހޭ ޢީދު ކަމުގައިވާ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ކައިރިވެފައެވެ.
ޕަތަރަސް ޖަލުގައި ހައްޔަރު ކުރުމަށް ފަހު އޭނާ ގާޑު ކުރަން ހަތަރު ސިފައިންގެ ހަތަރު ގުރޫޕެއް ބޭތިއްބިއެވެ. ހެރޮދު ރަސްގެފާނު ގަސްތުކުރީ އެޢީދު ފާހަގަކޮށް ނިމުމުން އާއްމުންގެ ކުރިމައްޗަށް ގެނެސް އޭނާޔާ މެދު ޝަރީއަތް ކުރުމަށެވެ.
މިކަންތައް މިހެން ދަނިކޮށް މާތްކަލާނގެ ފޮނުއްވި ބޭކަލަކު ޢާލީގެ ގާތަށް އައިސް ބުންޏެވެ. ”މިއީ މާތްރަސްކަލާނގެ އެންގެވި އެންގެވުން: ’އިސްރާއީލުގެ މީހުން މިޞްރުގެ ފިރުޢައުނުގެ އަޅުންގެ ގޮތުގައި ތިބި އިރު ކަލޭގެ ކާބަފައިންގެ ގާތަށް ތިމަންކަލާނގެ ފާޅުވެވޮޑިއެއް ނުގަންނަންތަ؟