Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 11:7 - ކިތާބުލް މުޤައްދަސާ

7 އެކަމަކު ބަނީއިސްރާއީލުންނާ ދިމާއަށް ކުއްތާއެއް ރޮއިލާ އަޑު ވެސް ނީވޭނެޔޭ. އެހާ ވެސް އަމާން ވާނެޔޭ.⁠‘ އޭރުން ކަލޭމެންނަށް އެނގޭނެޔޭ މާތްރަސްކަލާނގެ އިސްރާއީލީންނާއި މިޞްރު މީހުންނާ ދެމެދު ތަފާތު ކުރައްވާކަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 11:7
11 ပူးပေါင်းရင်းမြစ်များ  

އެދުވަސްތަކުގައި މީހުންނަކަށް އެކަކު އަނެކަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެކަކަށް ވެސް އެއްތަނުން އަނެއް ތަނަކަށް ނުދެވުނެވެ. އެކަމަކު އިސްރާއީލުގެ މީހުން ތިބި ހިސާބުގައި އަލިކަން ހުއްޓެވެ.


އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.


ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ.


އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވާނެޔޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ