Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 11:3 - ކިތާބުލް މުޤައްދަސާ

3 މިޞްރު މީހުން އިސްރާއީލީންގެ މީހުންނާ މެދު ޤަދަރު ކުރާނެ ގޮތް މާތްރަސްކަލާނގެ އެމީހުންގެ ހިތްތަކުގައި ލެއްވިއެވެ. އަދި މީގެ އިތުރުން މޫސާގެފާނަކީ ފިރުޢައުނުގެ ވަޒީރުންނާއި އެހެނިހެން މީހުންގެ ކުރިމަތީގައި ނިހާޔަތަށް ޤަދަރު އުފުލިގެންވާ ބޭކަލެއް ކަމުގައި ވެސް ވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 11:3
14 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ.


ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ.


އިސްރާއީލީން މޫސާގެފާނު ވިދާޅުވި ހުރިހާ ގޮތެއް ހަދަމުން ދިޔައެވެ. އެމީހުން މިޞްރުގެ މީހުންގެ ގާތުން އަންނައުނާއި ރަންރިހީގެ ގަހަނާއަށް އެދެމުން ދިޔައެވެ.


މިޞްރު މީހުންގެ ހިތްތަކުގައި އިސްރާއީލީންނާއި މެދު ޤަދަރު އުފުލޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކުރެއްވިއެވެ. އެހެންވެ އިސްރާއީލީން އެދުނުހާ އެއްޗެއް އެމީހުން ދެމުން ގެންދިޔައެވެ. އެގޮތުން އެމީހުން މިޞްރުގެ ތަނަވަސްކަން ނިގުޅައިގަތެވެ!


އަހަރެންގެ މީހުން މިޞްރު ދޫކޮށް ދާއިރު ކަލޭމެން ހުސްއަތާ ދާކަށް ނުޖެހޭނެ. މިޞްރު މީހުން ކަލޭމެންނާ ރުހޭނެ ގޮތް އަހަރެން މެދުވެރި ކުރާނަން.


މޫސާގެފާނަށް މިޞްރުގައި ލިބެން ހުރި އެންމެ މަތީ މޮޅު ތައުލީމު ހާސިލު ވި. އަދި އެކަލޭގެފާނަކީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ ފުރިހަމަ ބާރުގަދަ ހަށިގަނޑެއްގެ ވެރިއެއް ކަމުގައި ވި.


ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ