Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:8 - ކިތާބުލް މުޤައްދަސާ

8 އެހެންވެ ފިރުޢައުނު ވިދާޅުވެގެން މޫސާގެފާނާއި ހާރޫނުގެފާނު ހާޒިރު ކުރެވިއްޖެއެވެ. ”⁠އެންމެ ރަނގަޅު.⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ދޭ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެން ގެންދާނީ ކޮންބައެއްތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:8
6 ပူးပေါင်းရင်းမြစ်များ  

ފިރުޢައުނު އަވަސް އަވަހަށް މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”⁠އަނެއްފަހަރު ކަލޭމެންނަށާއި ކަލޭމެންގެ އިލާހަށް އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފު ވެއްޖެއެވެ.


އެންމެފަހުން ފިރުޢައުނު މޫސާގެފާނު ގެންނަވައިފިއެވެ. ފިރުޢައުނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދޭ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެންގެ ޖަނަވާރުތައް ބައިތިއްބާފައި ދޭ. ކަލޭމެންގެ އަނބި ދަރިން ގެންދިޔަކަސް ހެޔޮ.⁠“


އެ ދަންވަރު ފިރުޢައުނު ރަސްގެފާނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”⁠ހަމަ މިހާރު ދޭ!⁠“ ފިރުޢައުނު އަމުރު ކުރެއްވިއެވެ. ”⁠އަހަރެންގެ މީހުންގެ ގާތުން ކަލޭމެން ދޭ. ކަލޭމެންނާއެކު ކަލޭގެ އިސްރާއީލީންގެ އެންމެން ވެސް ގެންދޭ! ކަލޭމެން އެދުނު ފަދައިން ކަލޭމެންގެ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދޭ!


ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.⁠“


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“


މާތްރަސްކަލާނގެއަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދޭ. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކު ވެސް މަޑުކުރާނެ ކަމެއް ނެތް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ