Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:7 - ކިތާބުލް މުޤައްދަސާ

7 ފިރުޢައުނުގެ ވަޒީރުން ވަޑައިގެން ދެންނެވިއެވެ. ”⁠މިމީހާ އަޅުގަނޑުމެންނަށް މި އާފާތް މެދުވެރި ކުރާނީ ކިހާ ދުވަހެއް ވަންދެންތޯ؟ އެމީހުންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުއްވާދެއްވަންވީ ނޫންތޯ؟ މިޞްރު ފަނާވަމުން ދާތަނެއް މަނިކުފާނަކަށް ފެނި ވަޑައިއެއް ނުގަންނަވާތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:7
16 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ އެންމެން ވެސް އިސްރާއީލުގެ މީހުން އެރަށުން އަވަހަށް ފައިބައިގެން ދިއުމަށް އެދެމުން ދިޔައެވެ. ”⁠އެހެން ނޫނީ އަހަރެމެން އެންމެން މަރުވެ ހުސްވެދާނެ!⁠“ އެމީހުން ބުނަމުން ދިޔައެވެ.


ކަލޭމެންގެ ބިމުގައި އެމީހުންނަށް އުޅެވިޔަ ދީގެން ނުވާނެ. އެހެންނޫނީ އެމީހުން ކަލޭމެންގެ ބޮލަށްވަދެ ކަލޭމެން ލައްވާ އެމީހުންގެ އިލާހުންނަށް އަޅުކަން ކުރުވާފާނެ. އޭރުން ކަލޭމެން ޝަރީކު ކުރުމުގެ ނުރައްކާތެރި މަޅީގައި ޖެހިގެން ހިނގައިދާނެ.⁠“


މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.⁠“


ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”⁠މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!⁠“ އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.


ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ. ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ.


”⁠އަހަރެން އޭނާއާ އެ ދަރިކަނބަލުން ދެވާނަން.⁠“ ޝާއުލްގެފާނު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވިއެވެ. ”⁠އޭރުން އެކުއްޖާ ލައްވާ ދާއޫދުގެ ބޮލަށް އެރުވައިގެން ފިލިސްޠީނުން ލައްވާ އޭނާ މަރާލެވިދާނެ.⁠“ އެހެންވެ އަނެއް ފަހަރު ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިއަދު އަނެއްކާވެސް ކަލެއަށް އަހަރެންގެ ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބިއްޖެ.⁠“


ޢަގްރޫންގެ މީހުން ފިލިސްޠީނުގެ ވެރިން އެއްތަން ކޮށްފައި ބުންޏެވެ. ”⁠އަހަރެމެން އެންމެން މަރުވުމުގެ ކުރީގައި ކަލޭމެން ތިޔަ މާތްކަލާނގެ ފޮށިކޮޅު ހުރިތަނަށް ގެންދޭ.⁠“ އެ ސަހަރުގެ މީހުން ތިބީ ވަރަށް ބިރުގެންފައެވެ. އެހެނީ މާތްކަލާނގެ އެމީހުންގެ ތެރެއަށް ވަނީ ގަދަ ކޯފާއެއް ފޮނުއްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ