Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:6 - ކިތާބުލް މުޤައްދަސާ

6 އެއެއްޗެހި އައިސް ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތަކަށާއި މަނިކުފާނުގެ މީހުންގެ ގޭގެއާއި ތަންތަނަށް ވަދެގަންނާނެޔޭ. މިޞްރުގެ ތާރީޚުގައި ވެސް އަދި ކަލޭމެންގެ ކާބަފައިންގެ ތާރީޚުގައި ވެސް މިފަދަ ތޫފާނެއް ދެކެފައެއް ނުވާނެޔޭ.⁠‘⁠“ މިހެން ވިދާޅުވެފައި މޫސާގެފާނު އެނބުރި ވަޑައިގެން ފިރުޢައުނުގެ ގާތުން ވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:6
11 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ތިޔަ ކަންތައް ކުރަން އެދޭނަމަ ހުރިހާ ފިރިހެންވެރިން ގޮސް މާތްރަސްކަލާނގެއަށް އަޅުކަން ކުރޭ.⁠“ މިހެން ވިދާޅުވެ ފިރުޢައުނު އެމީހުން ގަނޑުވަރުން ބޭރު ކުރައްވައިފިއެވެ.


މުޅި މިޞްރުގައި އެއް އަޑަކަށް އިވިގެންދާނީ މީސްމީހުން އަޑުން އަޑުނަގާ ރޯ އަޑޭ. މިފަދަ ރުއިމެއްގެ އަޑު މީގެ ކުރީގައި ދުވަހަކު ވެސް އިވިފައެއް ނުވާނެޔޭ. އަދި ނުވެސް އިވޭނެޔޭ.


މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’⁠މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުން ވެސް ގެންދާށޭ.⁠‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!⁠“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.


މަނިކުފާނު މިކަމާ ދެކޮޅު ހައްދަވާނަމަ މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް މެހީގެ ބައިގަނޑެއް ފޮނުއްވާނަމޭ. މިޞްރު މީހުންގެ ގޭގެއަށް މި މެހިތައް ވަދެ ފުރޭނެޔޭ. މުޅި މިޞްރުގެ ބިން މެހީން ފޮރުވޭނެޔޭ.


ނީލަކޯރު ބޮއްތަކުން ފުރި ބަނޑުންވެ އެއެއްޗެހިތައް އައިސް މަނިކުފާނުގެ ގަނޑުވަރަށް ވަދެ މަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވަދެ މަނިކުފާނުގެ އެނދުދާންކޮޅަށް އަރައި، މަނިކުފާނާއި ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ ގޭގެއަށް ވަންނާނެއޭ. އަދި މަނިކުފާނުގެ ބަދިގޭ އަވަނަށާއި ތެލިތައްޓަށް އަރައި ފުމޭނެޔޭ.


އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ.


މިވަރުގެ ގަދަފަދަ ތޫފާނެއް މުޅި މިޞްރުގެ ތާރީހުގައި ވެސް ފެނިފައެއް ނުވެއެވެ. މިއީ މެދުކެނޑުމެއް ނެތި ވިދާ ގުގުރަމުން ވެހެމުން ދިޔަ ގަނޑުފެނުގެ ފަނާ ކުރަނިވި ގަދަ ތޫފާނެކެވެ.


މިޞްރުން މޫސާގެފާނު ނިކުމެވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުންނެވެ. ރަސްގެފާނުގެ ކޯފާއަކަށް އެކަލޭގެފާނު ނުބެއްލެވިއެވެ. ފެންނަން ނެތް ކަލަކު ހަމަލޮލަށް ފެންނަ ފަދައަކުން އެކަލޭގެފާނު ފަސްއެނބުރި ބައްލަވައެއް ނުލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ