Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:4 - ކިތާބުލް މުޤައްދަސާ

4 މިފަހަރު ކަލޭމެން އިންކާރު ކޮށްފިނަމަ މާދަމައިން ފެށިގެން ކަލޭމެންގެ މައްޗަށް ގޮއްފުޅަނގީގެ މުސީބާތެއް ފޮނުއްވާނަމޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:4
15 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.


އެއެއްޗެހި އައިސް މުޅި ބިމަށް ފެތުރިގަތުމުން ކަލޭމެންނަށް ބިން ވެސް ނުފެންނާނެޔޭ. އަދި ގަނޑުފެނުގެ ތޫފާނަށް ފަހު ސަލާމަތްވި ހުރިހާ ގޮވާމަކާއި ދަނޑުގައި ހުރިއްޔާ ހުރިހާ ގަހެއް، އެއެއްޗެހި އައިސް ކައި ހަފުސް ކޮށްފާނެއޭ.


އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“


އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“


ފިރުޢައުނު ވިދާޅުވިއެވެ. ”⁠މާދަމާ ދުޢާ ދަންނަވާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. ރަސްގެފާނު އެދި ވަޑައިގެންނެވި ގޮތަށް ތިޔަ ކަންތައް ކޮށްދޭނަން. އޭރުން ރަސްގެފާނަށް އެނގި ވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން އިލާހެއް ނުވާކަން.


ތިމަންކަލާނގެ މީހުންނާއި މަނިކުފާނުގެ މީހުން ތިމަންކަލާނގެ ތަފާތު ކުރައްވާނަމޭ. މިމުޢުޖިޒާތް މާދަމާ ފެންނާނެޔޭ.⁠‘⁠“


އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައި ވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ.


މާތްރަސްކަލާނގެ މިކަންތައް ކުރެއްވުމުގެ ވަގުތު ކަނޑައަޅުއްވައިފިއޭ. ތިމަންކަލާނގެ މިކަންތައް މާދަމައިން ފެށިގެން ކުރައްވާނަމޭ.⁠‘⁠“


އެއީ ގޮއްފުޅަނތްގެވެ. އެތަކެތީގެ މައްޗަށް ރަސްކަލަކު ނުހުރެއެވެ. އެކަމަކު އެތަކެތި ނިކަން ތަރުތީބުކޮށް ކަންތައް ކުރެއެވެ.


އެ ދުންތަކުން ގޮއްފުޅަނގިތައް ބޭރުވެ ދުނިޔެއަށް ފޭބިއެވެ. ނަގުލަންދާށިތައް ފަދައިން ކަށިޖެހުމުގެ ބާރު އެތަކެއްޗަށް ވެސް ލިބިދީފައި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ