Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:27 - ކިތާބުލް މުޤައްދަސާ

27 އެކަމަކު މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. އެހެންވެ އޭނާ އެމީހުން ދިޔަކަ ނުދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:27
9 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ.


އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.


މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.


އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.


މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތްޕުޅު ހަރު ކުރައްވާފައި ވާތީ އެ ރަސްގެފާނު އިސްރާއީލުގެ މީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭރު އިސްރާއީލީން ދެކޮޅުވެރިކަމާއެކު ގޮށްމުށް އުކަމުން ކުރިޔަށް ދިޔައެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.


މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތައުބާ ނުމެވިއެވެ. އެމީހުން ޖިންނިތަކަށާއި ނުވަތަ ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައިގެ އިތުރުން އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުމެއް ލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ