Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:26 - ކިތާބުލް މުޤައްދަސާ

26 އަޅުގަނޑުމެންގެ ހުރިހާ ޖަނަވާރުތަކެއް ގެންދާނަން. އެންމެ އެއްޗެއް ވެސް ބަހައްޓާފައެއް ނުދާނަން. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރާނެ ޖަނަވާރެއް ޚިޔާރު ކުރާނީ އެ އެއްޗެހިތަކުގެ ތެރޭން. އެތަނަށް ދެވުމުގެ ކުރިއަކުން އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ކަތިލާނެ ޖަނަވާރެއް ނޭނގޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:26
12 ပူးပေါင်းရင်းမြစ်များ  

”⁠ނޫން!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ އަންދައި ވެދުން ކުރާނެ ޖަނަވާރުތައް ދެއްވަން ޖެހޭނެ.


މޫސާގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެންމެން. ޒުވާނުންނާއި މުސްކުޅިންނާއި އަޅުގަނޑުމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނާއި ގެންގުޅޭ ޖަނަވާރުތައް. އަޅުގަނޑުމެންގެ އެންމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމުގެ ޢީދުގައި ބައިވެރިވާނެ.⁠“


ކަލޭމެންނާއެކު ކަލޭމެންގެ ޖަނަވާރުތައް ވެސް ގެންދޭ. ދޭ! އެކަމަކު އަހަރެންނަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރޭ.⁠“


އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއް ކުރަން ބޭނުން. އެއީ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެއަށް ޤުރުބާނީ ވެދުން ކުރުމަށް.⁠“


މާތްރަސްކަލާނގެއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަލޯއަށް ލިބޭ ތަނަވަސްކަމަކާއި ފައިދާގެ ތެރޭ ހިމެނޭ އެންމެ މޮޅު އެއްޗަކުން ބައިއަޅައި އެކަލާނގެއަށް ވެދުން ކުރާށެވެ.


އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ