Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:24 - ކިތާބުލް މުޤައްދަސާ

24 އެންމެފަހުން ފިރުޢައުނު މޫސާގެފާނު ގެންނަވައިފިއެވެ. ފިރުޢައުނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދޭ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެންގެ ޖަނަވާރުތައް ބައިތިއްބާފައި ދޭ. ކަލޭމެންގެ އަނބި ދަރިން ގެންދިޔަކަސް ހެޔޮ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:24
7 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންގެ މި އެދުމާއި އެއްގޮތަށް އަހަރެމެން އަމަލު ކޮށްފިނަމަ އެބައިމީހުންގެ މިލްކުގައިވާ އެންމެހާ ނަޢަމްސޫތްޕާއި ޖަނަވާރުތަކެއް އަހަރެމެންގެ ތަކެތި ކަމުގައި ވާނެވެސްމެ. އެބައިމީހުންގެ އެދުމާއި އެއްގޮތަށް އަހަރެމެން އަމަލުކުރަމާ ހިނގާ. އޭރުން އެބައިމީހުން މިރަށުގައި ދިރިއުޅޭނެ.⁠“


”⁠ނޫން!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ އަންދައި ވެދުން ކުރާނެ ޖަނަވާރުތައް ދެއްވަން ޖެހޭނެ.


ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.⁠“


”⁠އެންމެ ރަނގަޅު. ދޭ!⁠“ ފިރުޢައުނު ވިދާޅުވިއެވެ. ”⁠ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.⁠“


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.⁠“


މާތްރަސްކަލާނގެއަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދޭ. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކު ވެސް މަޑުކުރާނެ ކަމެއް ނެތް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ