Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:20 - ކިތާބުލް މުޤައްދަސާ

20 އެކަމަކު ވެސް މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. ފިރުޢައުނު އެމީހުން ދިޔަކަ ނުދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:20
13 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަލުން ފިރުޢައުނު ގާތަށް ގޮސް ކަލޭ ތިޔަ އެދޭ ކަންތައް ހުށަހަޅާ. އަހަރެން މިވަނީ އޭނާއާއި އޭނާގެ ވަޒީރުންގެ ބޯހަރު ކޮށްފަ. އެގޮތުން އަހަރެންގެ މުޢުޖިޒާތްތަކާއި ހެކިތައް އެމީހުންތެރޭގައި ދައްކާލެވޭނެ.


މާތްރަސްކަލާނގެ އެދުޢާ އިޖާބަ ކުރައްވައި ގަދަފަދަ ހުޅަނގު ރޯޅިއެއް ގެންނަވައި ގޮއްފުޅަނގި ބައިގަނޑު ރަތް ކަނޑަށް ގަންބަވާ ލައްވައިފިއެވެ. އެ ހިނދު މުޅި މިޞްރުގެ ބިމުގައި އެންމެ ގޮއްފުޅަނތްގެއް ވެސް ނެތެވެ.


އެކަމަކު މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތް ހަރު ކުރައްވައިފިއެވެ. އެހެންވެ އޭނާ އެމީހުން ދިޔަކަ ނުދެއްވިއެވެ.


މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.


އެކަމަކު މިޞްރުގެ ރަސްގެފާނު ކަލޭމެން ދިއުމަށް ހުއްދަ ނުދޭނެކަން އަހަރެންނަށް އެނގޭ. އޭނާއަށް މަޖުބޫރުވެގެން ނޫނީ އެމީހުން ދާކަށް ދުލެއް ނުކުރާނެ.


މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”⁠ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ.


އޭރު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ބޯހަރު ކުރައްވާފައެވެ. އެހެންވެ ފިރުޢައުނު މޫސާގެފާނުގެ ބަސްފުޅެއް ނޭހިއެވެ. އެކަން ހިނގީ ހަމަ އެކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ