17 ”ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ދަންނަވައިދީ އަހަރެންގެ ފާފަ މިފަހަރު ފުއްސަވައި ދެއްވާށޭ. މި މަރުގެ އަޒާބު އަހަރެންގެ މަތިން ފިއްލަވައި ދެއްވާށޭ.“
”އެންމެ ރަނގަޅު. ދޭ!“ ފިރުޢައުނު ވިދާޅުވިއެވެ. ”ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.“
އެބޮއްތައް މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެގަޔަށް ފުމެ އަރާނެޔޭ.‘“
ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.“
ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް.
މާތްރަސްކަލާނގެއަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދޭ. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކު ވެސް މަޑުކުރާނެ ކަމެއް ނެތް.“
ސައިމަން ބުންޏެވެ. ”ތިޔަ ބުނި ފަދަ ދެރަ ނުބައިކަންތައް އަހަރެންނާ ދޭތެރޭ ނުވުމަށް އެދި ތިޔައިގެ ދެމީހުން އަހަރެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކޮށް ދީ.“
މިހާރު އަޅުގަނޑު އާދޭސް ދަންނަވަން. އަޅުގަނޑުގެ ފާފަ އަފޫކޮށްދެއްވައި އަޅުގަނޑާއެކު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ވަޑައިގެން ދެއްވާ!“