16 ފިރުޢައުނު އަވަސް އަވަހަށް މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”އަނެއްފަހަރު ކަލޭމެންނަށާއި ކަލޭމެންގެ އިލާހަށް އަހަރެން ފާފަވެރި ވެއްޖެ.“ ފިރުޢައުނު އިޢުތިރާފު ވެއްޖެއެވެ.
އަޅުގަނޑަށް އެނގޭ އަޅުގަނޑު މިވަނީ ކުށްވެރި ވެފައި ކަން. އެހެންނަމަވެސް ޔޫސުފުގެފާނުގެ ދަރިކޮޅުން ކަލޭގެފާނާއި ބައްދަލުކުރަން ފުރަތަމަ އައި މީހަކީ އަޅުނގަނޑު.“
ދެން ދާއޫދުފާނަށް މިމީހުންގެ ބޯ ހިމެނުނީތީ ލަދުފުޅުގެން ވަޑައިގެންފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މިއަޅާއަށް ފާފައެއް ކުރެވިއްޖެ. އިނބަރަސްކަލާނގެ މިއަޅާގެ މިކުށް އަފޫކުރައްވައި ދެއްވުން އެދި އާދޭސް ދަންނަވަން. މިއަޅާއަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަކަމެއް.“
އެވަގުތު ދާއޫދުގެފާނަށް ފުރާނަ ހިއްޕަވާ މަލާއިކަތާ ފެނިވަޑައިގެންފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”ކުށްކުރީ މި އަޅާ! އެމީހުން ކުރީ މިއަޅާ އެމީހުންނަށް އެންގި ކަމެއް. އެ ފަކީރުން ކުރީ ކޮންކަމެއްތޯ؟ އެކަމުގެ ސަޒާ މިއަޅާއަށާއި މިއަޅާގެ ބައްޕަގެ އާއިލާއަށް ދެއްވާ!“
ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.“
ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.“
ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް.
ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.
”މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.“ އިމާމުން ޖަވާބުގައި ބުންޏެވެ. ”ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟“
”އާދެ! އަޅުގަނޑު ފާފަ ކޮށްފިން. މާތްރަސްކަލާނގެ އަމުރުފުޅާއި އަދި ކަލޭގެފާނުގެ އެންގެވުމާ އަޅުގަނޑު ޚިލާފު ވެއްޖައިން. އަޅުގަނޑުގެ މީހުން ދެކެ ޖެހިލުންވެ އެމީހުންގެ ބަސް އަޑު އެހުނީ.
ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑަކީ ފާފަވެރިޔަކީން. އެކަމަކު އަޅުގަނޑުގެ ބޮޑުންގެ ކުރިމަތީގައިއާއި އިސްރާއީލުގެ މީހުންގެ ކުރިމަތީގައި އަޅުގަނޑުގެ އަގުވައްޓަވާ ނުލައްވާ. ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް އަޅުގަނޑާއެކު ވަޑައިގެން ދެއްވާ.“
ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.“