Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:13 - ކިތާބުލް މުޤައްދަސާ

13 ދެން މޫސާގެފާނު މިޞްރުގެ ބިމުގެ މައްޗަށް އެކަލޭގެފާނުގެ އަސާކޮޅު އުފުއްލެވިއެވެ. އެދުވަހުގެ ހެނދުނުން ފެށިގެން މުޅިއެރޭ މިޞްރަށް އިރުމަތިން ވައިޖެހޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރިކުރެއްވިއެވެ. ހެނދުނުވީ ތަނާ އިރުމަތިން ގޮއްފުޅަނގި ބައިގަނޑު އަތުވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:13
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އިތުރު ހަތްކުރާގަނޑު އެ ކުރިން ނުކުތެވެ. ނަމަވެސް މި ހަތްކުރާގަނޑު ހީވަނީ އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ކަހަލައެވެ.


ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އަދި އެއާއެކު މާތްރަސްކަލާނގެ އިރުމަތިން ގަދަވައެއް ފޮނުއްވައިފިއެވެ. މުޅިއެރޭގެ ހަތަރުދަމު އެހެން ވައިޖެހެމުންގޮސް ކަނޑު ތިލަވެ ހިކިފަސްތަނެއް ހެދިއްޖެއެވެ. ކަނޑު ދެބައިވެއްޖެއެވެ!


އެއީ ގޮއްފުޅަނތްގެވެ. އެތަކެތީގެ މައްޗަށް ރަސްކަލަކު ނުހުރެއެވެ. އެކަމަކު އެތަކެތި ނިކަން ތަރުތީބުކޮށް ކަންތައް ކުރެއެވެ.


ކަނޑު ދެބައި ނުވަނީސް މާތްރަސްކަލާނގެ އަމުރުފުޅަށް ގަދަފަދަ ވައިރޯޅިއެއް އައިސް ކަނޑު ގަދަކޮށްލައިފިއެވެ. އިސާހިތަކު އޮޑިއަށް ނުކަތާ ވަރުވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އޮޑި ފުނޑުފުނޑުވެ ޣަރަގުވެދާނެ ހެންނެވެ.


ހެނދުނު އިރު އެރުމާއި އެކު އެކަލާނގެ އަމުރުފުޅަށް ހޫނު ގަދަވެ އިރުމަތީ ފަރާތުން ހޫނު ވައެއް އަތުވެއްޖެއެވެ. މި އައި ގަދަ ދިލަހޫނު އަވި އެކަލޭގެފާނުގެ އިސްތަށިފުޅަށް އެޅި އެކަލޭގެފާނު އަނބުރައިގަންނަ ވަރުވެއްޖެއެވެ. ދެން އެކަލޭގެފާނު މަރަށް ތައްޔާރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާ ދެންނެވިއެވެ. ”⁠މިގޮތުގައި ދިރިހުރުމަށް ވުރެން އަޅުގަނޑުގެ ފުރާނަ ގެންދެވުން ވެސް މާ ހެޔޮ.⁠“


ދޯނީގައި ތިބި މީހުން އިންތިހާއަށް ޙައިރާންވެ އެބައިމީހުންނަށް ބުނެވުނެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟! އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ