Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 10:10 - ކިތާބުލް މުޤައްދަސާ

10 ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”⁠ކަލޭމެންގެ މާތްރަސްކަލާނގެ ގަންދީ މިބުނަނީ، ކަލޭމެންގެ ކުދި ދަރިންނާއި އަންހެނުންތައް އަހަރެން ދިޔަކަ ނުދޭނަން. ކަލޭމެން ތިޔަ އުޅެނީ ކޮންމެވެސް ނުބައެއް ހަދަން ކަން ވަރަށް ސާފުކޮށް އެބަ އެނގޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 10:10
7 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ތިޔަ ކަންތައް ކުރަން އެދޭނަމަ ހުރިހާ ފިރިހެންވެރިން ގޮސް މާތްރަސްކަލާނގެއަށް އަޅުކަން ކުރޭ.⁠“ މިހެން ވިދާޅުވެ ފިރުޢައުނު އެމީހުން ގަނޑުވަރުން ބޭރު ކުރައްވައިފިއެވެ.


އެންމެފަހުން ފިރުޢައުނު މޫސާގެފާނު ގެންނަވައިފިއެވެ. ފިރުޢައުނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދޭ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން. އެކަމަކު ކަލޭމެންގެ ޖަނަވާރުތައް ބައިތިއްބާފައި ދޭ. ކަލޭމެންގެ އަނބި ދަރިން ގެންދިޔަކަސް ހެޔޮ.⁠“


މޫސާގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެންމެން. ޒުވާނުންނާއި މުސްކުޅިންނާއި އަޅުގަނޑުމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނާއި ގެންގުޅޭ ޖަނަވާރުތައް. އަޅުގަނޑުމެންގެ އެންމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމުގެ ޢީދުގައި ބައިވެރިވާނެ.⁠“


މާތްރަސްކަލާނގެ އެމީހުންގެ ކުރީގައި ވޮޑިގެންވިއެވެ. ދުވާލުގެ ވަގުތުގައި އެމީހުންނަށް އެކަލާނގެ މަގު ދެއްކެވީ ވިލާގެ ތަނބަކުންނެވެ. ރޭގަނޑުގެ ވަގުތުގައި މަގު ދެއްކެވީ އަލިފާނުގެ ތަނބަކުންނެވެ. މިގޮތުން އެމީހުންނަށް ރެއާއި ދުވާލު ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ