Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 1:7 - ކިތާބުލް މުޤައްދަސާ

7 އެކަމަކު އިސްރާއީލީން ތަނަވަސްކަން އިތުރުވެ ދަރިފަސްކޮޅު އެތައް ގުނައަކަށް ގިނަވެ މުޅި މިޞްރުގެ ބިން ފުރިއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 1:7
29 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!⁠“


މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!⁠“


ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.


އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”⁠އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.⁠“


’⁠ތިމަންކަލާނގެ ހަމަ ޔަޤީނުން ވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ.


އެންމެފަހުން އެކަލޭގެފާނު އެތަނުން ދުރަށް ވަޑައިގެންނެވުމަށް ފަހު އިތުރު ވަޅެއް ކޮންނެވިއެވެ. މިވަޅާ މެދު އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. އެހެންކަމަށް ވުމާއެކު އެވަޅަށް އިސްޙާޤުގެފާނު ”⁠މިނިވަންވުން⁠“ ކަމުގައި ވިދާޅުވެ ނަން ދެއްވިއެވެ. އަދި އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠މިހާރު އަހަރެމެންނަށް މިރަށުގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކޮށްދެއްވައިފި. އެކަލާނގެ މިބިމުގައި އަހަރެމެންނަށް ތަނަވަސްކަން ދެއްވާނެ.⁠“


ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު.


ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.


އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.


މިޞްރުގެ ސަރަހައްދެއް ކަމުގައިވާ ޖާސާންގައި ބަނީއިސްރާއީލުގެ މީހުން ދިރިއުޅެމުން ގެންދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް އެމީހުންގެ މެދުގައި ތަނަވަސްކަން އިތުރުވެ އަދި އެބައިމީހުންގެ އާބާދީ އިތުރުވަމުން ދިޔައެވެ.


އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


މާތްކަލާނގެ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ރަޙުމަތް ލައްވައި މިފަދައިން ވަޙީކުރެއްވިއެވެ. ”⁠ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރަށް ދުނިޔެ ފުރާލާ.


އެކަމަކު އެމީހުން ފިއްތި ވަރަކަށް އެމީހުންގެ އަދަދު ގިނަވެ ފެތުރުން ދިޔައީ އިތުރުވަމުންނެވެ. މިކަމާ މިޞްރު މީހުން ވަކިން ބޮޑަށް އިސްރާއީލީން ދެކެ ބިރުގެންފިއެވެ.


އެރޭ އިސްރާއީލީން ރަޢަމްސީސް އިން ނުކުމެ ސުއްކޫތު އާ ދިމާއަށް ދަތުރު ކުރަން ފަށައިފިއެވެ. އެއީ އަންހެނުންނާއި ކުޑަކުދިން ނުހިމަނައި ގާތްގަނޑަކަށް ހަސަތޭކަ ހާސް މީހުންނެވެ.


ނިކަން ބަލާބަލަ، ކަލޭމެންގެ މީހުން މިޞްރު މީހުންނަށް ވުރެން ގިނަ. އެކަމަކު ކަލޭމެން ތިޔަ އުޅެނީ އެމީހުން މަސައްކަތް ކުރިޔަ ނުދޭންތަ؟⁠“


ބަނީއިސްރާއީލުގެ ވެރި ކަލާނގެ އަހަރެމެންގެ ކާބަފައިންނަށް ރަޙުމަތްލައްވާ މިޞްރުގައި އެމީހުންގެ އަދަދު ގިނަ ކުރެއްވި. އަދި އެކަލާނގެ މަތިވެރި ބާރުފުޅުން އެމީހުން އެ ޤައުމުން އަނބުރައިގެންދެވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ