21 މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވީތީ އެކަލާނގެ އެމީހުންނަށް އަމިއްލަ ދަރިންނާއި އާއިލާ ދެއްވިއެވެ.
އެކަމަކު މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ފިރުޢައުނު ރަސްގެފާނު އެންގެވި ގޮތެއް ނުހެދިއެވެ. އެމީހުން އެ ފިރިހެން ދަރިންނެއް ނުމެރިއެވެ.
ޙިކުމަތުން ބިނާ ކުރާ ގެއެއް ވަރުގަދަވާނީ ހެޔޮ ވިސްނުން އެކުލެވުނީމައެވެ.
އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.
ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.