12 އެކަމަކު އެމީހުން ފިއްތި ވަރަކަށް އެމީހުންގެ އަދަދު ގިނަވެ ފެތުރުން ދިޔައީ އިތުރުވަމުންނެވެ. މިކަމާ މިޞްރު މީހުން ވަކިން ބޮޑަށް އިސްރާއީލީން ދެކެ ބިރުގެންފިއެވެ.
އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.
މި ފޫޅުމައިންނަށް މާތްކަލާނގެ ހެޔޮގޮތް މިންވަރު ކުރެއްވިއެވެ. ބަނީއިސްރާއީލު މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.
އެކަމަކު އިސްރާއީލީން ތަނަވަސްކަން އިތުރުވެ ދަރިފަސްކޮޅު އެތައް ގުނައަކަށް ގިނަވެ މުޅި މިޞްރުގެ ބިން ފުރިއްޖެއެވެ.
މިރަސްގެފާނު މިޞްރުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ، ބަނީއިސްރާއީލުން ގިނަވެ އަހަރެމެންނަށް ނުތަކާ ވަރު ވެއްޖެ.
އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.
ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.
މިތަންދެކެ ފަރީސީން ބުންޏެވެ. ”އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!“