ނެރުއްވުން 1:10 - ކިތާބުލް މުޤައްދަސާ10 އެމީހުން ގިނަ ނުވާނެ ކަހަލަ ހިންތާއެއް އަހަރެމެން ހަދަން ވެއްޖެ. އެހެންނޫނީ އަހަރެމެންނާ ހަނގުރާމައެއް ކުރިމަތި ލާ ދުވަހަކުން އެމީހުން އަހަރެމެންގެ ދުޝްމިނުންނާއި ބައިވެރިވެ އަހަރެމެންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު ފިލައި ރައްކާވެދާނެ.“ အခန်းကိုကြည့်ပါ။ |
އެ ރަސްގެފާނަކީ މަކަރުވެރި ހީލަތްތެރި ރަސްކަލަކު ކަމުގައިވި. އަދި އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނާއި މެދު ވަރަށް އަނިޔާވެރިކަމާއި އެކު ކަން ކުރަމުން ގެންދިޔަ. އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނަށް އެމީހުންނަށް ލިބޭ ދަރިން ހަމަވިހެއުމާއި އެކު ބޭރަށް އެއްލާލާ މަރުވުމަށް ދޫކޮށްލުމަށް ވެސް އަންގާ މަޖުބޫރު ކުރި.
އެކަމަކު ފިލިސްޠީނުންގެ ވެރިން ތިބީ ރަސްގެފާނު ދެކެ ރުޅި އައިސްފައެވެ. އެމީހުން ބުންޏެވެ. ”ތިޔަ މީހާ އައި ތަނަކަށް ފޮނުވާލާ. ތިޔަ މީހާ އަހަރެމެންނާ އެކު ހަނގުރާމައަށް ގެންގޮސްގެން ނުވާނެ. ހަނގުރާމަ ފަށާތަނުން އަހަރެމެންނާ ދެކޮޅަށް ތިޔަ މީހާ ތެދުވެއްޖެއްޔާ ޔޯ؟ އަހަރެމެންގެ ވެރިންގެ ބޯ ކަނޑާލައިގެން ގެންދިއުމަށް ވުރެން ޝާއުލް ރުހޭނެ ކަމެއް އޮންނާނެތަ؟ އޭރުން އޭނާއަށް އަނެއްކާވެސް މަތީ މަޤާމު ދީފާނެ.