އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:5 - ކިތާބުލް މުޤައްދަސާ5 އަޅުންނޭވެ. ތިޔަބައިމީހުންގެ ސާހިބުންނާއި މެދުގައި މި ދުނިޔޭގައި ބިރުވެތިވެ، ހިތުގެ ފުންމިނުން އިޙުތިރާމާއެކުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިޔަބައިމީހުން އަލްމަސީޙަށް ކިޔަމަންތެރިވެ ޚިދުމަތްކުރާ ފަދައިންނެވެ. အခန်းကိုကြည့်ပါ။ |
އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.“
އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.“
ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.
މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.
މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.