Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:4 - ކިތާބުލް މުޤައްދަސާ

4 ބަފައިންނޭވެ. ތިޔަބައިމީހުންގެ ދަރިންނާއިމެދު ހިތާހިތުމުގައި އެދަރިން ރުޅިއަރާފަދަ ގޮތަކަށް އަމަލުނުކުރާށެވެ. އޭގެބަދަލުގައި އެދަރިންނާއިމެދު އަޅާލުމާއިއެކު މާތް ސާހިބާ އެދިވަޑައިގަންނަވާ ފަދައިން ނަސޭޙަތްތެރިވެ އުނގަންނައިދީގެން ބޮޑެތިކުރާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:4
32 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.⁠“


ދަރިން ކުޑައިރު ތަރުބިއްޔަތު ކުރާށެވެ. ނޫނީ އެ ދަރިންނަށް އަދަބު ނުދޭނަމަ އެ ދަރިންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެއެވެ.


ޒުވާންކުދިންގެ ހިތުގައި ވާނީ މޮޔަކަންތަކެވެ. އެކަމަކު އަދަބުދީ ތަރުބިއްޔަތު ކުރުމުން އެ މޮޔަކަން ފިލައިދެއެވެ.


ދަރިންނަށް ތަރުބިއްޔަތުދީ ރަނގަޅު މަގު ދައްކާށެވެ. އޭރުން އެމީހުން ބޮޑެތިވީމާ އެ މަގުން ހިނގާނެއެވެ.


ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.


ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.


އަދި އޭރުން ތިޔަބައިމީހުން އުފާ ފާގަތި ކަމާއެކު ދިގުޢުމުރެއްގައިވާނޭ.⁠“ މި އަމުރުފުޅެވެ.


ބަފައިންނޭވެ! ދަރިން ލަދުގަންނަވައި ރުޅިނާރުވާށެވެ. އެހެންނޫނީ އެކުދިންގެ ހިތްވަރު އެލިދާނެއެވެ.


ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ.


ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ