އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:20 - ކިތާބުލް މުޤައްދަސާ20 އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ. အခန်းကိုကြည့်ပါ။ |
ޕައުލް ޖަވާބުގައި ދެންނެވިއެވެ. ”ކުޑައިރުކޮޅެއްގަތެރޭ ކަމެއް ނޫނީ ދިގު މުއްދަތަކަށް ފަހު ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ މިތާނގައި މިވާ އެންމެން ވެސް އީސާގެފާނަށް އީމާންވެ އަޅުގަނޑު ފަދައިން ވުން. ނަމަވެސް އެމީހުންގެ ގައިގައި އަޅުގަނޑުގެ ގައިގައި ޖެހިފައި މިވާ ފަދައިން ހިލިހިލާ ޖެހުމަކަށް އަޅުގަނޑެއް ނޭދެން.“
އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން މިއަދު މި ތަނަށް ވަޑައިގެން ދެއްވުމަށް މި އެދުނީ ތިޔަބޭފުޅުން މިކަންތައް އެނގި ދެނެގަތުމަށޭ. އަދި އަޅުގަނޑު މި ފަދައިން ހައްޔަރުވެ ހިލިހިލާގައި ޖެހިފައި މި ވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ބަނީއިސްރާއީލުގެ އުންމީދު ކަމުގައިވާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންފި ކަން ގަބޫލު ކުރުމުގެ ސަބަބުނޭ.“
ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.
ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.
އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.
ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.
މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.