Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:17 - ކިތާބުލް މުޤައްދަސާ

17 އަދި ދިންނެވުމަކީ ތިޔަބައިމީހުންގެ ބޮލުގައި ހެލްމެޓެއް ފަދައިން އަޅާށެވެ. މާތްރަސްކަލާނގެ ބަސްފުޅުގެ ބޭނުންކުރާށެވެ. އެބަސްފުޅަކީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅުން ލިބިދެއްވާ ކަނޑިއެއް ފަދައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:17
20 ပူးပေါင်းရင်းမြစ်များ  

މާތްކަލާނކޯއެވެ! އިނބަރަސްކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ. މިއަޅާއަށް ކާމިޔާބު ދެއްވުމުގައި އެހީތެރިވެ ވޮޑިގެންނެވީ އިނބަރަސްކަލާނގެއެވެ. މިއަޅާއަށް މަތިވެރި ދަރަޖަ ލިބުނީ އިނބަރަސްކަލާނގެ މަދަދާ އެކުގައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.⁠‘⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.⁠‘⁠“


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


ނަމަވެސް އަހަރެމެން މިލްކުވެގެންވަނީ ދުވާލަށެވެ. އެހެންވީމާ، އަހަރެމެންގެ އަމިއްލަ ނަފްސު ހިފެހެއްޓެން އަހަރެމެންނަށް ޖެހޭނެއެވެ. އަހަރެމެން އަޅަންޖެހޭނީ އީމާންތެރިކަމާއި ލޯބިން މޭމަތި ހިމާޔަތްކޮށްދޭ ފަދަ އެއްޗެކެވެ. އަދި އަހަރެމެންގެ ބޮލުގައިވާ ހެލްމެޓް ވާންޖެހޭނީ ދިންނެވުމުގެ އުންމީދު ކަމުގައެވެ.


މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.


އަދި މާތްރަސްކަލާނގެ ބަސްފުޅަކީ ހެޔޮ ބަސްފުޅެއް ކަމާއި އަދި ފަހުޒަމާނުގައި ބާރުތައް ހިނގާނެ ގޮތް ވެސް އެމީހުންނަށް ތަޖުރިބާ ކުރެވިފައި ވޭމެއެވެ.


އެމީހެއްގެ ކަނާއަތުގައި ހަތް ތަރި ވިއެވެ. އަދި ދެމިޔަލީ ތޫނު ކަނޑިއެއް އެމީހެއްގެ އަނގައިގެ ތެރެއިން ނުކުތެވެ. އެމީހެއްގެ މޫނު މެންދުރު ވަގުތުގެ އިރު ބަބުޅާ ފަދައިން ބަބުޅައެވެ.


އެބައިމީހުންވަނީ ޅަކަންބަޅި ޤުރުބާން ކުރެވިދިޔަ ލެއިން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފަ. އަދި އެބައިމީހުން ގަތުލު ކުރުމަށް ދާންދެން އީސާގެފާނާއި ބެހޭ ހެޔޮ ޚަބަރުފުޅާއި މެދު ހެކިދެމުން ދިޔައީތީ ވެސް މެ. އެހެނީ ދުނިޔަވީ ޙަޔާތަށް އެބައިމީހުން ލޯތްބެއް ނުކުރީމު.


އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.


އެހެންވީމާ، ފާފަތަކުން ދުރުވެ ތައުބާވޭ! އެހެންނޫނީ އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އަވަސް ގޮތެއްގައި ދާނަން. އަދި ތިޔަބައިމީހުންގެ ތެރޭގައި ވީ އެފަދަ ފަރާތްތަކާއި ދެކޮޅަށް އަހަރެންގެ އަނގައިގައިވާ ކަނޑިން ޙަމަލާ ދޭނަން.


އޭނާގެ ބޮލުގައި ކަފުލޮއިގެ ހެލްމެޓެއް އޮވެއެވެ. ހުރީ ފަންސާސް ހަތް ކިލޯ ވަރުގެ ބަރުދަން ހުރި ކަފުލޮއިގެ ދަހަނާއެއް އަޅާފައެވެ.


ޝާއުލްގެފާނު އެއްސެވިއެވެ. ”⁠އޭ ޒުވާނާ! ކަލޭ ތީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠އަޅުގަނޑު މީ މަސާހިބުގެ ޚާދިމު ބައިތުލަޙަމުގެ ޔައްސާގެ ދަރިއެއް.⁠“ ދާއޫދު ދެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ