Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:1 - ކިތާބުލް މުޤައްދަސާ

1 ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 6:1
33 ပူးပေါင်းရင်းမြစ်များ  

ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރައްވައި މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިކަން ވެސް ޢީސޫއަށް އެނގިއްޖެއެވެ.


އެބައިމީހުން އެސަރަހައްދަށް ދިޔުމަށް ފަހު ޔޫސުފުގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާގެ އަޚުން ގޮސްވީ ޝަކީމް އާއި ކައިރި ސަރަހައްދެއްގައި ކަންބަޅިތަކާއިގެން ހުއިހެއްޕެވުމަށް. އަހަރެން ބޭނުން ވަނީ ތިބާ އެބައިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް.⁠“ ޔޫސުފުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅުގަނޑު ދިއުމަށް ތައްޔާރުގައި ހުރީމު.⁠“


އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނު އަމުރުކުރައްވަފައިވާ ގޮތަށް ކަންތައް ކުރެއްވިއެވެ.


ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ.


ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ.


ބަފާއަށް ލަޢުނަތްލައި އަމައަށް ޝުކުރުވެރި ނުވާމީހުން ވެސް އުޅެއެވެ.


ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.


ދަރިފުޅާއެވެ. ބަފާ ކުރާ އަމުރާ ޚިލާފު ނުވާށެވެ. އަމާ ދަސްކޮށްދިން ކަންތަކަށް ފަރުވާކުޑަ ނުކުރާށެވެ.


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


އެހެނަސް މިފަދަ އަންހެނުންގެ ދަރިންނާއި މާމަ ދަރިން ތިބި ކަމުގައިވާނަމަ އެކުދިންގެ ފުރަތަމަ ޒިންމާއަކަށް ވާންޖެހޭނީ ދީނީ މަސްއޫލިއްޔަތު އުފުލުމުގެ އިތުރުން އާއިލާ ބަލަހައްޓައި އެމީހުންނަށް ދޭންޖެހޭ އަގު އަދާކުރުމެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްރަސްކަލާނގެ އެންމެ އެދެވޮޑިގެންވާ ގޮތްމެއެވެ.


ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ އެދިވޮޑިގެންވަނީ މި މާއްދީ ދުނިޔޭގައިވާ އެންމެހައި ޤާނޫނީ ބާރުތަކަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. ޚާއްސަކޮށް އެކި ސަރަހައްދުތަކުގައި ވެރިކަންހިންގާ ރަސްރަސްކަލުންނަށެވެ.


ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”⁠އަހަރެން މަންމަ ތިޔަބުނި ގޮތަށް ކަންތައް ކުރާނަން.⁠“


ޔައްސާ އެންގި ފަދައިން ވަރަށް ހެނދުނާ ކަންބަޅި ބަކަރި ބަލަހައްޓަން މީހަކާ ހަވާލުކޮށްފައި ދާއޫދު ހަނގުރާމަކުރާ ތަނަށް ހިނގައްޖެއެވެ. އޭރު ހަނގުރާމަވެރިން ނަޣަރާ ކުރަމުން މައިދާނަށް ނުކުންނަމުން ދަނީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ