އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:6 - ކިތާބުލް މުޤައްދަސާ6 މީސްތަކުންގެ މޮޔަ ވާހަކަތަކުގެ މަކަރުގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެކަލާނގެއަށް އުރެދިގެންވީ ފަރާތްތަކުން ކުރަމުން ގެންދާ މިފަދަ އަމަލުތަކަށް އެކަލާނގެ ޢުޤޫބާތް ހުށަހެޅިގެންވެއެވެ. အခန်းကိုကြည့်ပါ။ |
ތިމާ އަކީ މާ މާތް ތަޤުވާވެރި މީހެއްކަމަށް ބުނެ އަމިއްލަ ނަފްސު މާދަށްކޮށް، ބައެއްކަންތައް ކުރުމަށް އަމިއްލަ ނަފްސަށް މަނާކޮށް، ތިމަންމެންނަށް އިލާހީ ސޫރަވުންތައް ފެންނަ ކަމަށާއި އަދި އެސޫރަވުންތަކުގެ ތަފްސީލުތައް ލިބޭކަމަށް ބުނެ، މަލާއިކަތުންނަށް އަޅުކަން ކުރާ އެކަކަށް ވެސް ކަލޭމެން ކުށްވެރިވިޔަ ނުދޭށެވެ. އެފަދަ މީހުން ބޮޑާ ކުރުވާފައި އެވަނީ ހަމައެކަނި އެމީހުންގެ ސިކުނޑީގެ ފާފަވެރިވިސްނުމުންނެވެ.
އެއްވެސް މީހަކު ދައްކާ ޙަޤީޤަތެއް ނެތް ހުސްވާހަކަތަކާއި އޮޅުވާލުމުގެ ފަލްސަފާތަކުގެ މަޅީގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެފަދަ ވާހަކަތައް ބިނާވެފައި ވަނީ އިންސާނީ ވިސްނުމުގެ މައްޗަށެވެ. އެއީ ކާއިނާތުގެ މައްޗަށް ވެރިވެގެންފައިވާ ރޫހުތަކުގެ އާދަކާދަތަކާ އެއްގޮތްވާ އަސާސްތަކެވެ. އެޔަކީ އަލްމަސީޙުގެ ފަރާތްޕުޅުން އަންނަ ޙިކުމަތްތަކެއް ނޫނެވެ.
ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.