Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:5 - ކިތާބުލް މުޤައްދަސާ

5 ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:5
15 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ އަވަށްޓެރިޔާގެ ގޭގައިވާ ތަކެއްޗާމެދު ހަސަދަވެރިނުވާތި. ކަލޭމެންގެ އަވަށްޓެރިޔާގެ އަނބިމީހާއާއި އެގޭގައި ގެންގުޅޭ ފިރިހެން ނުވަތަ އަންހެން ޚާދިމާއި އޭނާ ގެންގުޅޭ ގެރިތަކާއި ހިމާރުތަކަށް ނުވަތަ އޭނާގެ މިލްކުގައިވާ އެއްވެސް އެއްޗަކަށް ދަހިވެތިވެގެން ނޫޅޭތި.⁠“


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


އަހަރެމެންނާއި އެކު މި ކަންތައް ކުރުމަށް ބައިވެރިވުމަކަށް ކަލެއަކަށް އެއްވެސް ޖާގައެއް ނެތް. އަދި ކަލޭގެ ހިތުގެ މަގުސަދާއި ނިޔަތް ރަނގަޅު ނޫންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވޭ.


ކަލޭމެންގެ އަމިއްލަ ނަފްސުގެ އެދުންތަކާ އެއްފަދައިން ކަންތައް ކުރާނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކަލޭމެންގެ ދިރިއުޅުމުގައި ފެންނާނީ މިފަދަ ސިފަތަކާއި އަމަލު ތަކެވެ: ޖިންސީގޮތުން ހިންގޭ ނުބައި ގުޅުންތައް، ހިތުގައި އުފެދޭ ނުބައި ނުލަފާ ޚިޔާލުތައް، ވަޙުޝީ ނުބައި އަމަލުތައް ކުރުމަށް ޝައުޤުވެރިވުން،


އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.


ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.


ޝައިތާނާގެ އަނދިރި ބާރުތަކުން އަހަރެމެން ސަލާމަތްކޮށް ދެއްވައި އެކަލާނގެ ލޮބުވެތި ދަރިކަލުންގެ ރަސްކަންފުޅަށް އެކަލާނގެ އަހަރެމެން ގެނެސްދެއްވިއެވެ.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ