އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:28 - ކިތާބުލް މުޤައްދަސާ28 ހަމަ މިފަދައިން ފިރިން އެބައިމީހުންގެ އަމިއްލަ ނަފުސާއިމެދުގައި ލޯބިވާ ފަދައިން އެބައިމީހުންގެ އަނބިންނާއިމެދުގައި ވެސް ލޯބިވާށެވެ. އަނބި ދެކެ ލޯބިވާ ފިރިމީހާ ޙަޤީޤަތުގައި އޭނާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ލޯބިވާނެއެވެ. အခန်းကိုကြည့်ပါ။ |
ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.