އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:25 - ކިތާބުލް މުޤައްދަސާ25 ފިރިންނޭވެ. ތިޔަބައިމީހުންގެ އަނބިންނާއިމެދު ތިޔަބައިމީހުން ލޮބުވެތި ކަމާއެކު ގުޅުން ބަހައްޓާށެވެ. އެހެނީ މަސީޙީ ޖަމާޢަތާމެދު އަލްމަސީޙު ވެސް ލޯބިވެ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަނބިކަލެއް ފަދައިންނެވެ. އެކަލޭގެފާނުގެ ނަފްސުކޮޅު ދޫކޮށްލެއްވީވެސް އެޖަމާޢަތަށް އޮތް ލޯތްބަށްޓަކައެވެ. အခန်းကိုကြည့်ပါ။ |
ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.
އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.
މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.
އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.
އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.