22 އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.
އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު. ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.“
އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.
އަޅުންނޭވެ. ތިޔަބައިމީހުންގެ ސާހިބުންނާއި މެދުގައި މި ދުނިޔޭގައި ބިރުވެތިވެ، ހިތުގެ ފުންމިނުން އިޙުތިރާމާއެކުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިޔަބައިމީހުން އަލްމަސީޙަށް ކިޔަމަންތެރިވެ ޚިދުމަތްކުރާ ފަދައިންނެވެ.
ތިޔަބައިމީހުން ތިޔަ ވަނީ އީސާއަލްމަސީޙާއެކު އަލުން ދިރުވާފައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ވެސް ތިޔަ ވަނީ އާ ދިރުމެއް ލިބިފައެވެ. ތިޔަބައިމީހުން ސުވަރުގޭގައިވާ ކަންކަމަށް ހިތްއެދި ތިބޭށެވެ. އެތަނަކީ އީސާގެފާނު މިއަދު މާތްކަލާނގެ ކަނާތްޕުޅުގައި އިންނަވާ ތަނެވެ.
އަނބިންނޭވެ! ތިޔަބައިމީހުންގެ ފިރިންނަށް ތަބާވެ ތިބޭށެވެ. އެހެނީ އެއީ މާތް ސާހިބާ ރުހިވަޑައިގަންނަވާ ގޮތެވެ.
ޒުވާން ކޮންމެ އަންހެން ކުއްޖަކީ ހެޔޮ ވިސްނޭ ހިތުގެ ޚާލިސް ކަމުގެ އިތުރުން ގެވެހި އަދި ފިރިމީހާއަށް އިސްކަންދޭ އޯގާތެރި އަނތްބަކު ކަމުގައި ވުމަށް ބުނެދޭން ވާނެއެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ ބަސްފުޅާއިމެދު އެއްވެސް މީހަކަށް މަލާމާތް ރައްދު ކުރެވޭކަށް ނޯންނާނެއެވެ.