Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:21 - ކިތާބުލް މުޤައްދަސާ

21 މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:21
20 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދޭ. އަދި އޭނާގެ އަޅެއްގެ ގޮތުގައި ދެމިހުރޭ.⁠“


މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.


އެހެންވީމާ، ކޮންމެ އަނތްބަކުމެ އެކަނބަލުންގެ ފިރިންނަށް އެންމެހާ ޙާލަތުތަކުގައި ކިޔަމަންތެރިކަން އަދާ ކުރާށެވެ. މަސީޙީ ޖަމާޢަތް އަލްމަސީޙަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިންނެވެ.


ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ.


އެކަނބަލުން އަޑުއަހައި ދަސްކުރަންވީ މަޑުމައިތިރި ވުމަށާއި އަމިއްލަ އެދުންތަކުން އެއްކިބާވެ ތިބުމަށެވެ.


އޭނާގެ އާއިލާ ފުރިހަމަ ގޮތުގައި ކިޔަމަނުގައި ބެލެހެއްޓުމާއި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭފަދަ މީހެއް ކަމުގައި ވާންޖެހޭނެއެވެ.


ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.


ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ އެދިވޮޑިގެންވަނީ މި މާއްދީ ދުނިޔޭގައިވާ އެންމެހައި ޤާނޫނީ ބާރުތަކަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. ޚާއްސަކޮށް އެކި ސަރަހައްދުތަކުގައި ވެރިކަންހިންގާ ރަސްރަސްކަލުންނަށެވެ.


އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ.


އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ