Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:19 - ކިތާބުލް މުޤައްދަސާ

19 އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:19
16 ပူးပေါင်းရင်းမြစ်များ  

’⁠މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ. އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ވަރަށް ދުރުގައޭ.


ދެން އެބޭކަލުން ހަމްދާ ސަނާގެ ލަވައެއް ކިޔުމަށް ފަހު ޒައިތޫނި ފަރުބަދަ މައްޗަށް ދިޔައެވެ.


މެންދަމު ޕައުލް އާއި ސިލާހު ދުޢާ ކޮށް ހަމްދާ ސަނާގެ ލަވަތައް ކިޔަމުން ދިޔައެވެ. ޖަލުގައި ވާ އެހެން މީހުން އަޑު އަހަން ތިއްބެވެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ކަލޭމެންގެ ތެރެއިން މީހަކު މުސީބާތުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅުން އެހީތެރިކަމަށް އެދި ދުޢާ ދަންނަވާށެވެ. ކަލޭމެންގެ ތެރެއިން މީހަކު އުފަލުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅަށް މަދަޙައިން ޙަމްދު ސަނާ ދަންނަވާށެވެ.


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ