Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:16 - ކިތާބުލް މުޤައްދަސާ

16 މި ނުބައިވެގެންވީ ޒަމާނުގައި ހެޔޮ ކަންތައް ކުރުމަށް ލިބިދޭ ކޮންމެ ފުރުސަތެއް ބޭނުންކުރާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




އެފޭސުސްގެ މަސީޙީންނަށް ސިޓީ 5:16
18 ပူးပေါင်းရင်းမြစ်များ  

އެބައިމީހުންނަށް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ބަލާބަލަ، މި ވަގުތަކީ ދުވާލުގެ މެންދުރުގެ ވަގުތު. މި ވަގުތަކީ ކަންބަޅިތައް ރޭގަނޑަށް އެއްތަން ކުރުމަށް ކަމުދާ ވަގުތެއް ނޫން. އެހެންވީމާ، އެތަކެއްޗަށް ފެންދީ. އަދި އެތަކެތި ވިނަކެއުމަށް ހުއިދަނޑުގެ ތެރެއަށް ދޫކޮށްލާ.⁠“


ހަމަ މި ގޮތަށް ދެހާސް ރަން ފައިސާފޮތި ހަވާލުކުރެވުނު ޚާދިމު އެ ފައިސާއިން އިތުރަށް ދެހާސް ރަން ފައިސާފޮތީގެ ފައިދާ ހޯދި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


އެހެންވީމާ، މިހިނދުގައި ވިޔަސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ! އޭރުން ޝައިތާނާގެ ޙަމަލާ އަންނަ ދުވަހުގައި ދިފާޢު ކުރުމުގެ ކުޅަދާނަކަން ލިބި އެގޮތުގައި ހުރިހައި ކަމެއް ކޮށް ނިމިގެން ތިޔަބައިމީހުންނަށް ސާބިތުވެ ތިބެވޭނެއެވެ.


ދެން ތިޔަބައިމީހުން ހެޔޮޚަބަރުފުޅުން ގެނެސްދޭ ސުލްޙަ މަސަލަސްކަމުގެ ފައިވާނަށް އަރާށެވެ. އޭރުން ތިޔަބައިމީހުން ތިބޭނީ އެޚަބަރުފުޅު ގެނެސްދިނުމަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ.


އީސާގެފާނަށް ތަބާނުވާ މީހުންގެ ތެރޭގައި އުޅެމުން ދާން ވާނީ ޙިކުމަތްތެރިކަމާ އެކުގައެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ފުރިހަމަޔަށް ހިފާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ