1 ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ.
މިފަދައިން ތިޔަބައިމީހުން އަމަލު ކުރިކަމުގައިވާ ނަމަ، ތިޔަބައިމީހުންނަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޤީޤީ ދަރިންކަމުގައިވާނެ. ނުބައި މީހުންނާއި ރަނގަޅު މީހުންނަށް އިރުގެ އަލިކަން އެކަލާނގެ ދެއްވާ. ނުބައި އަމަލުތަކުގެ މީހުންނަށާއި ހެޔޮ އަމަލުތަކުގެ މީހުންނަށް ވެސް އެކަލާނގެ ވާރޭ ފޮނުއްވާ.
ނަމަވެސް ތިޔަބައިމީހުން ވާންޖެހޭނީ ފުރިހަމަ ބައެއްގެ ގޮތުގައި. އެހެނީ ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ފުރިހަމަކަމާއި އެއްގޮތަށް.“
ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންވި މީހުންނަށް މާތްރަސްކަލާނގެ ދަރިން ކަމުގައި ވުމުގެ ޙައްޤު އެކަލޭގެފާނު ދެއްވިއެވެ.
އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.
އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.
ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ އަހަރެމެންދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަމުން އަހަރެމެން ވެސް އެކަކު އަނެކަކާ މެދު ލޯބިވާން ޖެހެއެވެ.